އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެހިކަލްތައް މަރާމާތުކޮށް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދަން

28 ޖެނުއަރީ 2021     3 months ago


ބީލަން ހުށަހެޅުމުގެ ދައުވަތު

  1. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެހިކަލްތައް މަރާމާތުކޮށް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރި ކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. ބިޑް ޑޮކިއުމަންޓް 2021 ޖަނަވަރީ 31 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2021 ފެބްރުވަރީ 08 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އާއި ހަމަޔަށް ގަންނަން ލިބެން ހުންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް 300/- (ތިން  ސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބިލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް މި ދެންނެވި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ދެއްވުން އެދެމެވެ. 
  3. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް 2021 ޖަނަވަރީ 31 ވާ އާދިއްތަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓްގައި ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.
  4. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ސާފުކުރައްވަން ބޭނުންވާނަމަ 2021 ޖަނަވަރީ 31 ވާ އާދިއްތަ ދުވަހުން ފެށިގެން 2021 ފެބްރުއަރީ 09 ވާ އަންގާރަދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 ފެބްރުއަރީ 09ވާ އަންގާރަދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 ފެބްރުވަރީ 16 ވާ އަންގާރަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އީމެއިލް: [email protected]

28 ޖަނަވަރީ 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2021/52

ޕަބްލިޝް ކުރި ތާރީޚް: 28-01-2021

ސުންގަޑި: 2021-02-16 13:00:00