އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހަރުކުރެވިފައިވާ އޭސީތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

2 ފެބުރުއަރީ 2021     3 years ago


އިޢުލާން

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހަރުކުރެވިފައިވާ އޭސީތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 03 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މި އިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް ([email protected])  ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) ) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 16 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ 10:00 ގައި ކައުންސިލްގެ އިދާރާގައެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 03 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުން ފެށިގެން 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]  

20 ޖުމާދުލްއާޚިރާ 1442

02 ފެބްރުއަރީ 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2021/61

ޕަބްލިޝް ކުރި ތާރީޚް: 02-02-2021

ސުންގަޑި: 2021-02-16 10:00:00