އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ސަރަހައްދީ ބަނދަރުން ވެއަރހައުސް ގުދަން އެޅުމަށް ބިން ކުއްޔަށް ދޫކުރެވޭ އިޢުލާނާ ގުޅިގެން ބީލަން ފެށޭ އެންމެ ކުޑަ އަގު ބަދަލުވުން

4 ފެބުރުއަރީ 2021     3 months ago


އިޢުލާން

 

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-AB/426/2021/44 (18 ޖަނަވަރީ 2021) އިއުލާނުގައި  ހިތަދޫ ސަރަހައްދީ ބަނދަރާއި އިންވެގެން ހިއްކާފައިވާ ބިމުން ވިޔަފާރީގެ ބޭނުމަށް ވެއަރހައުސް ގުދަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު ހުޅުވާލުމަށް ކުރި އިއުލާންގެ ސަފުހާ 2 ގެ 1 ވަނަ ނަމްބަރުގައި ބިން ކުއްޔަށް ދިނުމަށް ބީލަންފެށޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 50/ލ (ފަންސާސްލާރި) ގެ ރޭޓުން ކަމަށް ވަނީ ލިޔެވިފައެވެ. ނަމަވެސް  އައްޑޫސިޓީ ހިތަދޫން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލީގެ ގޮތުގައި މޯލްޑިްވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކަނޑައަޅުއްވާފައިވަނީ އަކަފޫޓަކަށް -/2(ދޭއް) ރުފިޔާއެވެ. އެހެންކަމުން މި އިއުލާނާ ގުޅިގެން އަގު މިދަންނަވާ ގޮތަށް އިސްލާހު ކޮށްފައިވާތީ ބިޑު ބައްލަވައިގެންފައިވާ ފަރާތްތަކުގެ ސަމާލުކަމަށް މިވާހަކަ ދަންނަވަމެވެ.

  • ބިން ކުއްޔަށް ދިނުމަށް ބީލަންފެށޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/2(ދޭއް) ރުފިޔާއެވެ.

 

21 ރަބީއުލް އާޚިރާ 1442

03 ފެބްރުވަރީ   2021ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/66

ޕަބްލިޝް ކުރި ތާރީޚް: 04-02-2021

ސުންގަޑި: 2021-02-03 14:00:00