އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ ކައުންސިލުން އަންގާ އެންގުން

8 ފެބުރުއަރީ 2021     3 months ago


އިޢުލާން

އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ ކައުންސިލުން އަންގާ އެންގުން

ކޮވިޑް 19 އާ ގުޅިގެން  ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-IQ/2021/26 (06 ފެބުރުއަރީ 2021) އެންގުމުން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން 08 ފެބްރުއަރީ 2021 ގެ ހަވީރު 16:00 އިން ފެށިގެން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ނިންމާފައިވެއެވެ. އެގޮތުން؛

  1.  އައްޑޫ ސިޓީގެ ކެފޭ ރެސްޓޯރެންޓްތަކުން ޓޭކް އަވޭ/ ޑެލިވަރީގެ ޚިދުމަތް ފިޔަވައި އާއްމުންނަށް ހުޅުވައިގެން ޚިދުމަތް ދިނުން ހުއްޓާލުން. ޓޭކްއަވޭގެ/ ޑެލިވަރީގެ ޚިދުމަތް ދެމުންގެންދާއިރު ނަގުދު ފައިސާ ބޭނުންނުކުރުމަށާއި ތަނުގެ މުވައްޒަފުން އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރަމުންގެންދޭތޯ ކަށަވަރު ކުރުން.
  2. އައްޑޫ ސިޓީގައި ގާޑިޔާތަކުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ދިނުން ހުއްޓާލުން.
  3. ކޮވިޑް19 އާއި ގުޅިގެން ފިހާރަތަކަށް މީހުން ވެއްދުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ފިހާރަތަކަށް މީހުން ނުވެއްދުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
  4. އާއްމު މައިދާންތަކާއި ޕާކްތަކަށް މީހުން އެއްވެ ނޫޅުން.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.

26 ޖުމާދަލްއާޚިރާ 1442

08  ފެބްރުއަރީ  2021ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/76

ޕަބްލިޝް ކުރި ތާރީޚް: 08-02-2021

ސުންގަޑި: 2021-02-08 14:00:00