އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ ކައުންސިލުން އަންގާ އެންގުން

9 ފެބުރުއަރީ 2021     3 months ago


އިޢުލާން

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ ކައުންސިލުން އަންގާ އެންގުން

ކޮވިޑް 19 އާ ގުޅިގެން  ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-IQ/2021/26 (06 ފެބުރުއަރީ 2021) އެންގުމުން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން މި ހިނދުން ފެށިގެން އަންނަނިވި ފިޔަވަޅުތައް އައްޑޫ ސިޓީގައި އެޅުމަށް ކައުންސިލުން އަންގަމެވެ. އެގޮތުން؛

  1. އައްޑޫ ސިޓީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން.
  2. އައްޑޫ ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުން.
  3. އައްޑޫގައި ގާއިމްވެފައިވާ އޮފީސްތައް އާއްމު ޚިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްދިނުން.
  4. ސްކޫލްތަކުގެ ކޮންޓެކްޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދުކުރުން.
  5. ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކުރުން.
  6. ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުން.
  7. ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުން.
  8. ޓެކްސީ ޚިދުމަތްފޯރުކޮށްދޭނަމަ، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުން.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.

27 ޖުމާދަލްއާޚިރާ 1442

09  ފެބްރުއަރީ  2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/78

ޕަބްލިޝް ކުރި ތާރީޚް: 09-02-2021

ސުންގަޑި: 2021-02-09 14:00:00