އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމާ ގުޅޭ

9 ފެބުރުއަރީ 2021     3 years ago


އިޢުލާން

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމާ ގުޅޭ:

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އައްޑޫސިޓީން ފެނި، އައްޑޫސިޓީ މޮނިޓަރިންގ ހާލަތަސް ގެނެވިފައިވާތީ، ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއްވާފައިވާތީ، މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 2021 ފެބުރުވަރީ 09 ވާ އަންގާރަ ދުވެހުގެރޭ ފަތިސް ނަމާދުން ފެށިގެން 2021 ފެބުރުވަރީ 17 ވާ ބުދަ ދުވަހުގެ ޢަޞްރު ނަމާދުގެ ނިޔަލަށް، އައްޑޫސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދު ޖަމާޢަތް ނުހެދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު 142-C1/CIR/2021/6 (09 ފެބުރުއަރީ 2021) ސަރކިއުލަރ އިން ދަންނަވާފައިވެއެވެ. އަދި މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދުނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިއްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙައްތެރިވެ ވަޞިއްޔަތް ކޮށްފައިވެއެވެ.

މިހާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި "ޞައްލޫ ފީ ބުޔޫތިކުމް" މި ފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައި ދެއްވުމަށް މިނިސްޓްރީން އަންގަވާފައިވެއެވެ.

މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަހްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށް ނަޞޭޙަތްތެރިވަމެވެ.

                 

27 ޖުމާދަލްއާޚިރާ 1442

09  ފެބްރުއަރީ  2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/79

ޕަބްލިޝް ކުރި ތާރީޚް: 09-02-2021

ސުންގަޑި: 2021-02-09 14:00:00