އައްޑޫސިޓީ ކައުންސިލްގެ އިދާރާ

17 މެއި 2017 ވަނަ ދުވަހު ރޭގަނޑު10:00ގައި އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫ ރޯޅީގައި ގެއްލުންވި ގެތަކަށް އެހީތެރިވުމަށް ހުޅުވި ފަންޑު ބަންދު ކުރުން

30 މޭއި 2017     6 years ago


17 މެއި 2017 ވަނަ ދުވަހު ރޭގަނޑު10:00ގައި އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫ ރޯޅީގައި ގެއްލުންވި ގެތަކަށް އެހީތެރިވުމަށް ހުޅުވި ފަންޑު ބަންދު ކުރުން   

 

17 މެއި 2017 ވަނަ ދުވަހުގެ ރޭގަނޑު10:00 ހާއިރު އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫ ރޯޅީގައި ގެއްލުންވި ގެތަކަށް އެހީތެރިވުމަށް ހުޅުވި ފަންޑު 31 މެއި 2017 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި ބަންދު ކުރުމަށް ހަމަޖެހިފައިވާތީ ޢާއްމުކޮށް މިކަން އިޢުލާނު ކުރީމެވެ.

އައްޑޫގެ ރައްޔިތުންނަށް ދިމާވާ މިފަދަ ހިތާމަވެރި ކޮންމެ ދަނޑިވަޅެއްގައި މުޖްތަމަޢުގެ ބައިވެރިވުން ލިބެމުންދާތީ އެކަން ފާހަގަކުރަމެވެ. އަދި 17 މެއި 2017 ވަނަ ދުވަހުގެ ރޭގަނޑު އައްޑޫސިޓީގެ ހިތަދޫ އަވަށަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކަށް އެހީތެރިވުމަށް ފަންޑެއް ހުޅުވުމުގެ ގޮތުން ޢާއްމުކުރެވުނު މިއިދާރާގެ ނަންބަރު:  (IUL)426-CA/426/2017/75 އިޢުލާނާއި ގުޅިގެން ޤާއިމުކުރެވުނު ފަންޑަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އައްޑޫސިޓީގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

30 މެއި 2017 އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް މިފަންޑަށް ލިބިފައިވާ ފައިސާގެ ޢަދަދަކީ 66600.00ރުފިޔާ (ފަސްދޮޅަސް ހާހާސް ހަސަތޭކަރުފިޔާ) އެވެ. މިފަންޑަށް ތަކެތީގެ ގޮތުންވެސް ބައެއްފަރާތްތަކުން އެހީތެރިކަން ފޯރުކޮށް ދެއްވާފައިވެއެވެ.

އެހެން ކަމުން މިފަންޑަށް މާދަމާ 31 މޭ 2017 ވާ ބުދަ ދުވަހުގެ ނިޔަލަށް  ލީބޭ އެހީ، 06 ޖޫން 2017 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ގެއްލުން ލިބުނު ޢާއިލާތަކާއި އަމާނާތްތެރި ކަމާއެކު ޙަވާލު ކުރުމުގެ އިންތިޒާމް ކުރިއަށް ގެންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

04 ރަމަޟާން 1438

30 މެއި  2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2017/79

ޕަބްލިޝް ކުރި ތާރީޚް: 30-05-2017

ސުންގަޑި: 2017-05-30 15:00:00