އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން

20 ފެބުރުއަރީ 2021     2 weeks ago


އިޢުލާން

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން

 

1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރައްވަމުންގެންދަވާތީ، އައްޑޫސިޓީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް 21 ފެބްރުއަރީ 2021 އިން 21 މާރިޗު 2021 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގެ އަވަށު އޮފީސްތަކުން ރަސްމީ ދުވަސްތަކުގެ ހެނދުނު 9.00 އިން މެންދުރު 13.00އަށެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމްގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރައްވާ ކަނޑައެޅިފައިވާ މުއްދަތުގައި ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ފޯމްތައް ހުށަހަޅުއްވާނީ އެމީހަކު ދިރިއުޅޭ އަވަށެއްގެ އަވަށުއޮފީހަށެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ރަޖަބު   1442

18 ފެބްރުއަރީ 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2021/84

ޕަބްލިޝް ކުރި ތާރީޚް: 20-02-2021

ސުންގަޑި: 2021-03-21 13:00:00