އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ މުނިސިޕަލް ސަރވިސް ޑިވިޟަންގެ ކާސްޓިންގ ޔާރޑުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

3 މާރޗް 2021     3 years ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. އައްޑޫ ސިޓީ މުނިސިޕަލް ސަރވިސް ޑިވިޟަންގެ ކާސްޓިންގ ޔާރޑުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ދަޢުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2021 މާރިޗު 03 ވާ ބުދަ ދުވަހުން ފެށިގެން 2021 މާރިޗު 08 ވާ އަންގާރަ  ދުވަހާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލް ކުރެވޭނެއެވެ.
  3. ބީލަމުގައި ބައިވެރިވުމަށް 300/- ( ތިންސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ދެއްވުން އެދެމެވެ. 
  4. މި މަސައްކަތާއި ގުޅޭގޮތުން ބީލަން ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަން 2021 މާރިޗު 09 ވާ އަންގާރަ ދުވަހުގައި އޮންނާނެއެވެ. ބީލަމާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 މާރިޗު  03 ވާ ބުދަ ދުވަހުން ފެށިގެން 2021 މާރިޗު 09 ވާ އަންގާރަ ވަނަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 މާރިޗު 10 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 މާރިޗު 15 ހޯމަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

  6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected]

 

18 ރަޖަބު 1442

02 މާރިޗު 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2021/95

ޕަބްލިޝް ކުރި ތާރީޚް: 03-03-2021

ސުންގަޑި: 2021-03-15 11:00:00