އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މި އިދާރާގެ ބޭނުމަށް އެޗް.އާރް މެނޭޖްމެންޓް ސޮފްޓްވެއަރއެއް ގަންނަން ބޭނުންވެއްޖެ

4 މާރޗް 2021     3 years ago


ބީލަން ހުށަހެޅުމުގެ ދައުވަތު

  1. މި އިދާރާގެ ބޭނުމަށް އެޗް.އާރް މެނޭޖްމެންޓް ސޮފްޓްވެއަރއެއް ގަންނަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. ބިޑް ޑޮކިއުމަންޓް 2021 މާރިޗު 07 ވާ އާދީއްތަ ދުވަހުން ފެށިގެން 2021 މާރިޗު 11 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި  ހަމަޔަށް ގަންނަން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލް ކުރެވޭނެއެވެ.
  3. ބީލަމުގައި ބައިވެރިވުމަށް 300/- ( ތިންސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބިލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް މި ދެންނެވި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ދެއްވުން އެދެމެވެ. 
  4. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 މާރިޗު 07 ވާ އާދީއްތަ ދުވަހުން ފެށިގެން 2021 މާރިޗު 14 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 މާރިޗު 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 މާރިޗު 18 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ކޮންފަރެންސް ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

  6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected]

                           

20 ރަޖަބު 1442

04 މާރިޗު 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2021/100

ޕަބްލިޝް ކުރި ތާރީޚް: 04-03-2021

ސުންގަޑި: 2021-03-18 13:00:00