އިޢުލާން
ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން |
ޤާނޫނު ނަންބަރ 03/2006 ( ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިޔުމާއި ނައްތައިލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން މަރަދޫފޭދޫއަވަށުގެ އިޖްތިމާޢީ މަރުކަޒުގައި ހުރި ބައެއްތަކެތި ނީލަންކިޔަން ނުވަތަ ނައްތާލުމަށް ހަމަޖެހިފައިވާތީ، އެތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ މި އިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާ " ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ޗެކްކުރާ ފޯމް" ގައިވާ ތަކެތި ބޭނުންފުޅުވާ ދައުލަތުގެ އޮފީސްތަކުން 11 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މަރަދޫފޭދޫ އަވަށުއޮފީހަށް ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަރަދޫފޭދޫ އަވަށުއޮފީސް
އައްޑޫސިޓީ ،މަރަދޫފޭދޫ
ފޯން:6891523
އީމެއިލް: [email protected]
މަރަދޫފެދޫ އިޖުތިމާޢީ މަރުކަޒރުގެ ނީލަން ކިޔާ ތަކެތީގެ ލިސްޓް
25 ރަޖަބު 1442
9 މާރިޗް 2021