ވަޒީފާގެ ފުރުސަތު
|
މަޤާމް
|
މަސައްކަތު
|
ބޭނުންވާ ޢަދަދު:
|
10 (ދިހައެއް)
|
މަޤާމުގެ ގިންތި އާއި މުއްދަތު
|
ވަގުތީ (13 ޖޫން 2021 ގެ ނިޔަލަށް)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން
|
މުސާރަ:
|
3470.00 ރުފިޔާ
|
އެލަވަންސް:
|
ކަނޑައެޅިފައިވާ އުސޫލުގެ މަތިން ދެވޭ އެލަވަންސް
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ވެލިމަގު ހެދުމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުން މަތިން ކުރުން.
- ގައުއެތުރުމާއި ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުން މަތިން ކުރުން.
- ތާރުމަގު މަރާމާތުކުރުމާއި ގުޅޭ ގޮތުންކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުން މަތިން ކުރުން.
- ވޯރކްޝޮޕުގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުން މަތިން ކުރުން.
- ވެލިކޮނެ ވެލިއެޅުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުން މަތިން ކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- ލިޔަންކިޔަން އެނގުން
- ފިރިހެނަކު ކަމުގައިވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމު %20
- ތަޖުރިބާ %35
- އިންޓަވިއު %40
- ތަމްރީނު %5
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 މާރިޗު 15 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 688 5002 ނަންބަރު ފޯނާއެވެ.
|
26 ރަޖަބު 1442
10 މާރިޗު 2021
|