އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ސަރަހައްދީ ބަނދަރުން ވެއަރހައުސް ގުދަން އެޅުމަށް ބިން ކުއްޔަށް ދޫކުރާ އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅަންޖެހޭ ތާރީޚް ކަނޑައެޅުން

14 މާރޗް 2021     3 years ago


އިޢުލާން

ކޯވިޑް19 ގެ ހާލަތާއި ގުޅިގެން އެޗް.ޕީ.އޭ އިން އައްޑޫ ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެން ފަސްކުރެވިފައިވާ، ހިތަދޫ ސަރަހައްދީ ބަނދަރުން ވެއަރ ހައުސް ގުދަން އެޅުމަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ކުރެވުނު ނަންބަރު: (IUL)426-AB/426/2021/44 އިޢުލާނުގެ ދަށުން ހުށަހެޅުމަށް ހަމަޖެހުނު ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚާއި ތަނާއި ގަޑި ތިރީގައި ދެންނެވިފައި އެވަނީއެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯއޮންނާނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚާއި ދުވަސް

18 މާރިޗް 2021 ވާ ބުރާސްފަތި ދުވަސް

ގަޑި

ހެނދުނު 10:00

ތަން

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް

 

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

01 ޝަޢުބާން  1442

14  މާރިޗް   2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/109

ޕަބްލިޝް ކުރި ތާރީޚް: 14-03-2021

ސުންގަޑި: 2021-03-18 10:00:00