އިޢުލާން
އައްޑޫ ސިޓީ މީދޫ ޓުއަރިޒަމް ޒޯންގެ ގޮތުގައި ތަރައްޤީކުރާ ބިމުގައި ހުރި ރުއްތަކާ ބެހޭ
އައްޑޫސިޓީ މީދޫ ޓުއަރިޒަމް ޒޯންގެ ގޮތުގައި ތަރައްޤީ ކުރާ ޞަރަޙައްދުގައި ހުރި 1 އިން 127 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތެއްވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ، މި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ، އެކަން އެނގޭނެ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރެފަރެންސް ލިޔުމަކާއެކު 31 މާރޗް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މީދޫ އަވަށު އޮފީހަށް އަންގަވައި ދެއްވުން އެދެމެވެ.
08 ޝަޢުބާން 1442
21 މާރޗް 2021