އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޮޅު ދަނޑުތައް ދަފްތަރުކުރުމާއި ގުޅޭ

29 މާރޗް 2021     3 years ago


އިޢުލާން

އޮޅު ދަނޑުތައް ދަފްތަރުކުރުމާއި ގުޅޭ:

އައްޑޫގެ އަވަށްތަކުގައި ގިނަ އަދަދަކަށް އޮޅު ދަނޑުތައް ހުރިކަން ފާހަގަކުރެވެއެވެ. މީގެ ތެރެއިން ބައެއް އޮޅު ދަނޑުތަކަކީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އައުމުގެ ކުރިން ވެސް އައްޑޫގެ ބަންޑާރަ ބިންތަކުގައި އަލަ ހެއްދުމަށްޓަކައި ބޭނުންކުރަމުން އައިސްފައިވާ ދަނޑުތަކެއްކަން ފާހަގަކުރެވެއެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ  40 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ބިމާބެހޭ އެންމެހާ މުޢާމަލާތްތަކުގެ ރެކޯޑްސް ބެލެހެއްޓުމަކީ ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ޤާނޫގައިވާ ގޮތުގެމަތިން ރެކޯޑްސްތައް ބެލެހެއްޓުމަށްޓަކައި އައްޑޫގެ ބަންޑާރަ ބިންތަކުގައި އޮޅު ދަނޑުތައް ހައްދާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމުން 31 މެއި 2021 ގެ ކުރިން އޮޅު ދަނޑުތައް ދަފްތަރު ކުރުމަށްޓަކައި ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. މި އިޢުލާން ކުރެވޭ ތާރީޚުގެ ފަހުން އައްޑޫ ސިޓީ ކައުންސިލްގެ ހުއްދައަކާއި ނުލައި ބަންޑާރަ ބިމެއް ސާފުކޮށް އޮޅު ދަނޑެއް އަލަށް ހެއްދުމުގެ  މަސައްކަތެއް ނުކުރުމަށް ދަންނަވަމެވެ.

އަވަށު އޮފީސްތަކުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން އޮޅު ދަނޑުތައް ދަފްތަރު ކުރުމަށް އެދޭ ފޯމު އައްޑޫ ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

15 ޝައުބާން 1442

28  މާރިޗު  2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/121

ޕަބްލިޝް ކުރި ތާރީޚް: 29-03-2021

ސުންގަޑި: 2021-05-31 14:00:00