އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވީޑިއޯ ޑޮކިއުމެންޓްރީ އާއި ވީޑިއޯ ކްލިޕްސް ތައްޔާރުކުރުން

12 ޖޫން 2017     6 years ago


ވީޑިއޯ ޑޮކިއުމެންޓްރީ އާއި ވީޑިއޯ ކްލިޕްސް ތައްޔާރުކުރުން

 

އައްޑޫ ސިޓީ އިޝްތިހާރުކުރުމުގެ ބޭނުމުގައި ތައްޔާރުކުރާ ވީޑިއޯ ޑޮކިއުމެންޓްރީ އަކާއި ވީޑިއޯ ކްލިޕްސްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:   (IUL)426-AA/426/2017/72 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. 

ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ޖޫން 2017 ވާ  އާދީއްތަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ. އަދި  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުމުގެ ސެޝަންގައި ވެސް ބައިވެރިނުވެވޭނެއެވެ. 

17 ރަމަޟާން 1438

12 ޖޫން 2017



ބާވަތް: އިއުލާން

ނަންބަރ: 426-AA/426/2017/85

ޕަބްލިޝް ކުރި ތާރީޚް: 12-06-2017

ސުންގަޑި: 2017-06-18 11:30:00