އިޢުލާން
އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކަށް
ކުއްޔަށް ބިން ދޫކުރުން
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ނަންބަރު: (IUL)426-AB/426/2021/106، (10 މާރިޗު 2021( އިޢުލާނުގައި ބިޑް ހުށަހެޅުމަށް އިޢުލާންކުރެވިފައިވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއި ގުޅިގެން އެ އިޢުލާނަށް ބިޑް ހުށަހަޅަންޖެހޭ ތާރީޚް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި ބިޑްތައް ބަލައިގަތުން އޮންނާނީ ތިރީގައިވާ ތާވަލްގައިވާ ދުވަސްތަކުގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
ހުޅުދޫ ޓޫރިޒަމް ޒޯން |
10:00 |
14 އެޕްރީލް 2021 (ބުދަ ދުވަސް) |
މީދޫ ޓޫރިޒަމް ޒޯން |
||
މަރަދޫ ޓޫރިޒަމް ޒޯން |
||
ހިތަދޫ ޓޫރިޒަމް ޒޯން |
10:00 |
15 އެޕްރީލް 2021 (ބުރާސްފަތި ދުވަސް) |
ފޭދޫ ޓޫރިޒަމް ޒޯން |
23 ޝަޢުބާން 1442
05 އެޕްރީލް 2021