އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކަށް ކުއްޔަށް ބިން ދޫކުރުން

8 އެޕްރީލް 2021     2 years ago


އިޢުލާން

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކަށް

ކުއްޔަށް ބިން ދޫކުރުން

 

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ނަންބަރު: (IUL)426-AB/426/2021/135، (05 އެޕްރީލް 2021( އިޢުލާނުގައި ބިޑް ހުށަހެޅުމަށް އިޢުލާންކުރެވިފައިވާ ތާރީޚް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތަށް ފަސްކުރުމަށް ނިންމާފައިވަނީ އެކިއެކި އިދާރާތަކުން ހޯދަންޖެހޭ ލިޔުންތައް ލިބުމުގައި ދަތިތައް ދިމާވެފައިވާތީ ބިޑް ހުށަހެޅުމުގެ މުއްދަތު ފަސްކޮށްދެއްވުމަށް އެދި ބިޑް ގަނެފައިވާ ފަރާތްތަކުން އެދެމުންދާތީއެވެ.

   ވީމާ، މި ބިޑްތައް ބަލައިގަތުން އޮންނާނީ ތިރީގައިވާ ތާވަލްގައިވާ ދުވަސްތަކުގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

ހުޅުދޫ ޓޫރިޒަމް ޒޯން

10:00

19 އެޕްރީލް 2021 (ހޯމަ ދުވަސް)

މީދޫ ޓޫރިޒަމް ޒޯން

މަރަދޫ ޓޫރިޒަމް ޒޯން

ހިތަދޫ ޓޫރިޒަމް ޒޯން

10:00

20 އެޕްރީލް 2021 (އަންގާރަ ދުވަސް)

ފޭދޫ ޓޫރިޒަމް ޒޯން

 

 

26 ޝަޢުބާން 1442

08 އެޕްރީލް 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/141

ޕަބްލިޝް ކުރި ތާރީޚް: 08-04-2021

ސުންގަޑި: 2021-04-20 10:00:00