އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމާއި ގުޅޭ

3 މޭއި 2021     2 years ago


އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމާއި ގުޅޭ:

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި އައްޑޫސިޓީ ހިތަދޫއިން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަނުވާ ފަރާތްތަކުގެ ލިސްޓު ހިތަދޫ އަވަށު އޮފީހުގެ ނޯޓިސްބޯޑުގައި ވަނީ އާންމުކުރެވިފައެވެ. މި ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 02 މެއި 2021 އިން 04 މެއި 2021 ވަނަ ދުވަހުގެ 13:00 އާހަމައަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ޝަކުވާ ހުށަހަޅާނީ [email protected] އަށެވެ. ޝަކުވާ ހުށަހަޅުއްވާއިރު ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އައިޑީ ކާޑު ނަންބަރު ޖެއްސެވުމަށްފަހު ޝަކުވާގެ ތަފްޞީލާއިއެކު ސިޓީ މެއިލްކޮށްދެއްވުން އެދެމެވެ. އަދި މުއްދަތުގެ ފަހުން އެއްވެސް ޝަކުވާއެއް ބަލައި ނުނަގެވޭނެ ވާހަކަވެސް ދަންނަވެމެވެ.

20 ރަމަޟާން 1442

02 މެއި 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2021/157

ޕަބްލިޝް ކުރި ތާރީޚް: 03-05-2021

ސުންގަޑި: 2021-05-04 13:00:00