އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ބަނދަރު ސަރަޙައްދު ހުސްކުރުން

9 މޭއި 2021     2 years ago


އިޢުލާން

ހިތަދޫ ބަނދަރު ސަރަޙައްދު ހުސްކުރުން

ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމް.ޓީ.ޓީ.ސީ.ސީ އާއި ޙަވާލުކޮށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ނިމެންދެން ކުރީގެ ބައުތޮށިގަނޑު ފެށޭހިސާބުން އުތުރަށް އުޅަނދުފަހަރު ކައިރި ނުކުރުމަށާއި، މިހާރު އެސަރަޙައްދުގައި ބަނދަރު ކުރެވިފައިވާ އުޅަނދުތައް ނަންގަވައި އަދި އެސަރަޙައްދު ތޮށިގަނޑު ކައިރީ ބެހެއްޓިފައިވާ އެންމެހާ ތަކެތި 2021 މެއި 12 ވަނަ ދުވަހުގެ ނިޔަލަށް ހުސްކޮށް ދެއްވުމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

26 ރަމަޟާން 1442

08   މެއި   2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2C/426/2021/169

ޕަބްލިޝް ކުރި ތާރީޚް: 09-05-2021

ސުންގަޑި: 2021-05-12 23:59:00