އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ އިންތިޚާބީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތާއި ޑަބްލިއުޑީސީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

15 މޭއި 2021     2 years ago


އިޢުލާން

އައްޑޫ ސިޓީ ކައުންސިލްގެ، 4 ވަނަ ސިޓީ ކައުންސިލަށް ހޮވި ވަޑައިގެންނެވި އިންތިޚާބީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތާއި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާ ދުވަސް ޢާއްމުކޮށް ކުރެވުނު  (IUL)426-B/426/2021/170 ނަންބަރ އިޢުލާން އިޞްލާޙު ކުރުން

 

 

10 އެޕްރީލް 2021 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ސިޓީ ކައުންސިލަށް ހޮވި ވަޑައިގެންނެވި އިންތިޚާބީ ކައުންސިލަރުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ 17 މޭއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ހައި ސްކޫލްގައެވެ.

އަދި ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، 17 މެއި 2021 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި އައްޑޫސިޓީ ކައުންސިލް ޗެމްބަރގައި  4 ވަނަ ސިޓީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާ ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރެވިގެންދާނެއެވެ. އަދި، ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގެ ފަހުން 17 މެއި 2021 ވާ ހޯމަ ދުވަހުގެ ހަވީރު 15:00 ގައި އައްޑޫސިޓީ ކައުންސިލް ޗެމްބަރގައި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފުރަތަމަ ޖަލްސާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އަދި ނައިބު ރައިސާގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރެވިގެންދާނެއެވެ.  

މިދުވަސްވަރަކީ ރާއްޖޭގައި ކޮވިޑް ހަލުވިކަމާއި އެކު ފެތުރެމުންދާ ދުވަސްވަރަކަށްވެފައި އަދި އައްޑޫސިޓީ މިނޮޓަރިންގެ ހާލަތުގައި އޮތުމާއި ގުޅިގެން މިރަސްމިއްޔާތު އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް ކައުންސިލްގެ ފޭސްބުކް ޕޭޖުން މި ރަސްމިއްޔާތު ލައިވްކުރުމަށް ހަމަޖެހިފައިވާތީ މިވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

30   ރަމަޟާން  1442

12    މޭއި    2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-B/426/2021/172

ޕަބްލިޝް ކުރި ތާރީޚް: 15-05-2021

ސުންގަޑި: 2021-05-17 15:00:00