އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ

15 މޭއި 2021     2 years ago


އިޢުލާން

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އައްޑޫސިޓީން ފެނި، އައްޑޫސިޓީ މޮނިޓަރިންގ ހާލަތަށް ގެނެއުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އައްޑޫގައި ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ޓާސްކް ފޯސްއިން މަޝްވަރާކޮށް ބައެއް ފިޔަވަޅުތައް ހަރުދަނާކުރުމާ ގުޅޭގޮތުން މިއަދު ނިންމުންތަކެއް ނިންމަވާފައި ވެއެވެ.  އެގޮތުން ނިންމަވާފައިވާ ނިންމުންތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ހެލްތް ޕްރޮޓަކްޝަން އެޖެންސީގެ ނަންބަރު 2021/47 އެންގުމުގައި އައްޑޫ ސިޓީގައި ހަވީރު 6:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިވާތީ، މި ވަގުތުތަކުގައި ފިހާރަ/ރެސްޓޯރަންޓް/ކެފޭ/ހޮޓާ/ގާޑިޔާ ފަދަ ތަންތަނުން ޑެލިވަރީ ނުކުރުން.
  2. މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒްގެ ނަންބަރު 142-C1/CIR/2021/30 (12 މެއި 2021) ސަރކިއުލަރއާ އެއްގޮތަށް  މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލުން.
  3. ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާ އެއްގޮތަށް ހުރިތޯ ބެލުމަށްޓަކައި އެތަންތަން އިންސްޕެކްޓް ކުރަމުން ގެންދިއުން، އަދި ގައިޑްލައިނާ ޚިލާފަށް ހުރި ފިހާރަތަކާ މެދު ފިޔަވަޅުއެޅުން، އެފަދަަ ފިހާރަތަކާ މެދު އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ޖޫރިމަނާކުރުމާއި ކަނޑައެޅޭ މުއްދަތަކަށް ފިހާރަތައް ބަންދުކޮށްފައި ބެހެއްޓުމަށް އެންގުން ހިމެނެއެވެ.
  4. ކާފިއު ވަގުތުތަކުގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާނަމަ އައްޑޫ އީ.އޯ.ސީގެ ހުއްދަނެގުން، ހުއްދައަކާ ނުލާ މަސައްކަތް ކުރާނަމަ އެފަރާތަކާ މެދު ފިޔަވަޅު އެޅުން.
  5. އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމާއި، ގޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެއަށް ނުގެނައުން.

ވީމާ، މަތީގައި ދެންނެވުނު ކަންކަމާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގަމެވެ.

02 ޝައްވާލް 1442

14   މެއި  2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/173

ޕަބްލިޝް ކުރި ތާރީޚް: 15-05-2021

ސުންގަޑި: 2021-05-19 23:59:00