އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބާއްވާ ސާރވޭއާއި ގުޅޭ

3 ޖޫން 2021     2 years ago


އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބާއްވާ ސާރވޭއާއި ގުޅޭ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ވަސީލަތްތަކާއި ތަކެތި އާބާދީގެ ތެރޭގައި ބޭނުންކުރަމުންދާ މިންވަރު ބެލުމަށާއި ބޭނުންވާ މިންވަރު ދެނެގަތުމަށް އަދި  އިތުރު ވަސީލަތްތަކުގެ މަޢުލޫމާތު ހޯދުމަށް ޑަބްލިޔު.އެޗް.އޯ، އެސް.ކީ އާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ގުޅިގެން ސާރވޭއެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިސާރވޭ ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ހިތަދޫ އަވަށުގައެވެ.

01 ޖޫން 2021 އިން 01 އޯގަސްޓް 2021 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިސަރވޭގައި ޑިޕްލޮމާއިން ފެށިގެން މަތީގެ ސަނަދެއް ލިބިފައިވާ ކޮންމެ ފަރާތަކަށް ބައިވެރި ވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

މި ސާރވޭގައި ބައިވެރިވާ ފަރާތްތަކަށް ދުވާލަކަށް -/1000 ރ. ކެއުމާއި ފޯނު އެލަވަންސާއިއެކު ދެވޭނެއެވެ. އަދި ޢަމަލީ ތަޖްރިބާހުރި ބަޔަކާއިއެކު 3 ދުވަހުގެ ޓްރޭނިންގ އެއް ބޭއްވޭނެއެވެ.

ސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 05 ޖޫން 2021 ގެ 14:00 ގެ ކުރިން ތިރީގައި މިވާ ލިންކަށް ވަދެވަޑައިގެން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުން އެދެމެވެ.

https://ee.kobotoolbox.org/x/8ROhPeZ1

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބާއްވާ ސާރވޭގައި ބައިވެރިވުމާ ގުޅޭ މަޢުލޫމާތު ޝީޓު

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

22 ޝައްވާލް 1442

03  ޖޫން   2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2021/183

ޕަބްލިޝް ކުރި ތާރީޚް: 03-06-2021

ސުންގަޑި: 2021-06-05 14:00:00