އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު މަސައްކަތު (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޢިމާރާތް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ)

1 ޖުލައި 2021     2 years ago


ވަޒީފާގެ ފުރުސަތު

މަޤާމް:

މަސައްކަތު

ރޭންކް:

އެސް.އެސް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު:

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޢިމާރާތް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ – ސަރވިސް އެލަވަންސް

އެހެނިހެން އެލަވަންސްތައް:

  • މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ޝަރުތު:

ލިޔަންކިޔަން ދަތުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

މަސައްކަތުގެ ދާއިރާ:

  • ފޮޅާ ސާފުކުރުން
  • ކްލެރިކަލް ސަޕޯޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޢިމާރާތުގެ އެތެރެއާއި ބޭރު ފޮޅާ ސާފުކުރުމާއި ޑިސްއިންފެކްޓުކުރުން.
  2. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޢިމާރާތް ހުންނަ ގޯތިތެރެއާއި މަގު ފޮހެ ސާފުކޮށް ބެލެހެއްޓުން
  3. ގޯތިތެރޭގައި ބަގީޗާގަސްތައް އިންދުމާއި ގަސްތަކަށް ފެންދިނުމާއި ގަސްތައް ބެލެހެއްޓުން.
  4. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަންކަމުގައި އެހީތެރިވެދިނުން.

މަޤާމް:

ވޮޗަރ

ރޭންކް:

އެސް.އެސް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު:

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޢިމާރާތް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ – ސަރވިސް އެލަވަންސް

އެހެނިހެން އެލަވަންސްތައް:

  • މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ޝަރުތު:

ލިޔަންކިޔަން ދަތުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮމިޓީއިން އަންގާ ގޮތެއްގެ މަތީން ޢިމާރާތުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. ޑިއުޓީ ޓޭބަލްގައިވާގޮތަށް ޑިއުޓީކުރުމާއި ދުވަހުން ދުވަހަށް ސުޕަވައިޒަރަށް މައްސަލަތައް އެންގުން
  3. ޢިމާރާތުގައި ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ހިނގާނަމަ އެކަމެއް ހައްލުކުރުމާއި އަދި ހައްލު ނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ ތަނުގައި އެވަގުތު ހުންނެވި އެންމެ އިސްމުވައްޒަފަކަށް ވަގުތުން އެންގުން.
  4. ތަނުގެ ރައްކާތެރިކަމާއި ސަލާމަތަށް ކުރަންޖެހޭ ކަންކަމާއި، އަދި މީގެ އިތުރުން ހިދުމަތް ދިނުމުގައި ދިމާވާ ކުއްލި ހާލަތްތަކުގައި އެވަގުތު ޑިއުޓީގައި ހުރި އެންމެ އިސް މުވައްޒަފެއް އަންގާގޮތުގެ މަތިން މަސައްކަތް ކުރުން.
  5. ތަނުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން
  6.  ތަނުގެ ލައިޓްތައް ކަނޑައެޅިފައިވާ ގަޑިއަށް ދިއްލާ ނިއްވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖުލައި 6 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ޖުލައި 07 އާއި 2021 ޖުލައި 17 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

21 ޛުލްޤަޢިދާ 1442

01  ޖުލައި  2021



ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2021/219

ޕަބްލިޝް ކުރި ތާރީޚް: 01-07-2021