އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ

3 ޖުލައި 2021     2 years ago


އިޢުލާން

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ:

ކޮވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-L/426/2021/15 (02 ޖުލައި 2021)  ސިޓީން އައްޑޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުން ރަނގަޅު ކަމުގައި ދަންނަވާފައިވެއެވެ. އެގޮތުން ލުއިދިނުން ރަނގަޅު ކަމުގައި ދަންނަވާފައިވަނީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-AB/426/2021/206 (25 ޖޫން 2021) އިޢުލާނުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށެވެ. އައްޑޫ ސިޓީ ހިތަދޫ ފިޔަވައި އެހެން އަވަށްތަކުގައި (މަރަދޫ،މަރަދޫފޭދޫ،ފޭދޫ) މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަންނަނިވި ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމަވާފައިވެއެވެ. އެގޮތުން؛

  1. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ގާޑިޔާތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުނުން ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް  ޓެކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތްދިނުމަށް ހުއްދަދިނުން.
  2. ފިހާރަތަށް ހުޅުވައިގެން ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ޚިދުމަތްދިނުމަށް ހުއްދަދިނުން، އަދި ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީކުރުމަށް ފިހާރަތަކަށް ހުއްދަދިނުން.
  3. މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުމަށް ހުއްދަދިނުން. އަދި؛

އައްޑޫ ސިޓީ ހިތަދޫގައި  އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަންނަނިވި ފިޔަވަޅުތަކަށް ލުއި ދިނުމަށް ފެންނަކަމަށް ވެސް  ނިންމަވާފައި ވެއެވެ.

  1. އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވަގުތަކީ ރޭގަނޑު 09:00 އިން ފަތިހު 04:00 ކަމުގައި ހަމަޖައްސައި، މިވަގުތު ތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  2. މިސްކިތްތަކުގައި ނަމާދުކުރުމަށް ހުއްދަދިނުން (ޖަމާޢަތުގައި ނަމާދުކުރުން ނުހިމެނޭގޮތަށް).
  3. ފިހާރަތަށް ހުޅުވައިގެން ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ޚިދުމަތްދިނުމަށް ހުއްދަދިނުން، އަދި ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީކުރުމަށް ފިހާރަތަކަށް ހުއްދަދިނުން.
  4. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ގާޑިޔާތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް  ޑެލިވަރީގެ ޚިދުމަތްދިނުމަށް ހުއްދަދިނުން. އަދި ކާފިއު ނޫން ވަގުތުތަކުގައި ޓޭކްއަވޭއަށް ހުއްދަދިނުން.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ

22 ޛުލްޤަޢިދާ 1442

      02  ޖުލައި   2021                                                       



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/229

ޕަބްލިޝް ކުރި ތާރީޚް: 03-07-2021

ސުންގަޑި: 2021-07-09 23:59:00