އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަގުތީ މަސައްކަތު މުވައްޒަފުންގެ ޕޫލް އެކުލަވާލުމަށް

5 ޖުލައި 2021     1 month ago


ވަގުތީ މަސައްކަތު މުވައްޒަފުންގެ ޕޫލް އެކުލަވާލުމަށް

ފޭދޫ އަވަށުގެ މިސްކިތްތަކުގެ މަސައްކަތު މުވައްޒަފުން ޗުއްޓީ އަދި ސަލާމް ބުނުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕުލޯއިމަންޓް އުސޫލުން ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

މަޤާމު

މަސައްކަތު

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 • ފޭދޫ އަވަށު އޮފީސް، ފޭދޫ / އައްޑޫ (ފޭދޫ އަވަށުގެ މިސްކިތްތަކުގައި)

މަސައްކަތުގެ އުޖޫރަ

 • މަސައްކަތް ކުރާ ކޮންމެ ގަނޑިއަކަށް 45.00 ރުފިޔާގެ ރޭޓުން.

މަސައްކަތުގެ ޝަރުތު

 • ލިޔަންކިޔަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. މިއޮފީހުން ކަނޑައަޅާ ގޮތަށް  ކަނޑައަޅާ މިސްކިތެއްގައި ސްޕަވައިޒަރު އަންގާ ގޮތެއްގެމަތިން  މިސްކިތްފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން. 
 2. ކޮންމެ ނަމާދުވަގުތެއްގެ 15މިނިޓް ކުރިން މިސްކިތުގެ ފާޚާނާއާއި އިސްކުރު ބަރި ސާފުކުރުން.
 3. ކޮންމެ ނަމާދުވަގުތެއްގެ 15މިނިޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓްތައް ދިއްލުމާއި، ފަންކާހުންނަ ތަންތަނުގައި ފަންކާޖެހުން. އަދި ޖަމާއަތުގައި ނަމާދުކޮށް ނިމުމުން މީހުން ނެތް ދިމަދިމާލުގައި ހުންނަ ލައިޓްތަކާއި ފަންކާތައް ނިއްވައި ދޮރުތައް ލެއްޕުން.
 4. މިސްކިތުގެ ގޯތިތެރެ ކުނިކަހާ ސާފުކުރުން.
 5. މިސްކިތުގެ ގޯތި ތެރޭގައި ގަސްއިންދުމާއި ގަސްތަކަށް ފެންދީ ހެދުން.
 6. ގޯތި ތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކިބާވަތްބާވަތުގެ ގަސްތައް ރީތިކޮށް ކޮށުމާއި ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުން.
 7. އޮފީހުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކުން.
 8. މިސްކިތުގައި އިންތިޒާމުކުރާ ދީނީ ނަސޭޙަތް ދިނުންފަދަ ކަންކަމުގައި ކުރަންޖެހޭ ކަންކަންކުރުން.
 9. މިސްކިތުގެ ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
 10. މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.
 11. މިސްކިތުގައި ހުރުމަތްކެނޑޭފަދަ ޢަމަލެއް ނުވަތަ އިޖްތިމާއީ މިންގަޑުތަކާއި ޚިލާފު ޢަމަލެއް މިސްކިތު ސަރަޙައްދު ތެރޭގައި ނުކުރުމާއި އެފަދަ ކަންކަން ބެލެހެއްޓުން.
 12. މިސްކިތް ބެލެހެއްޓުމާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.
 13. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރަޓަރީޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
 14. ކައުންސިލް އިދާރާގެ މަސައްކަތާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. ނުވަތަ، އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
 5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
 2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
 3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
 4. އެހެން ވަޒީފާއެއް އަދާ ކުރާ މީހަކު ކަމުގައި ނުވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖުލައި 2021 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން، ފޭދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 އޮގަސްޓް 01 އާއި 2021 އޮގަސްޓް 08 އާ ދެމެދު، ފޭދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892018 ނަންބަރު ފޯނާއެވެ.

24 ޛުލްޤައިދާ 1442

4 ޖުލައި 2021

 


ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-4A/426/2021/228

ޕަބްލިޝް ކުރި ތާރީޚް: 05-07-2021