އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު މުނިސިޕަލް އިންސްޕެކްޓަރ ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް) ހުޅުދޫ އަވަށު އޮފީސް

8 ޖުލައި 2021     4 weeks ago


 

ވަޒީފާގެ ފުރުސަތު

 

މިއޮފީހުގެ ނަންބަރު   (IUL)426-6A/426/2021/190 އިޢުލާނަށް ޝަރުތުހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމު:

މުނިސިޕަލް އިންސްޕެކްޓަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުޅުދޫ އަވަށު  އޮފީސް، އައްޑޫސިޓީ ކައުންސިލްގެ އިދާރާ / އައްޑޫ

މުސާރަ:

4465.00

ސަރވިސް އެލަވަންސް:

1500.00

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި، ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  2. ތިމާވެށި ޙިމާޔަތް ކުރުމާއި ބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
  3. ވަގުތީގޮތުން މަގު ބަންދުކުރުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  4. އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެޔަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު ތަންފީޒު  ކުރޭތޯ ބެލުން.
  5. ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  6. މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  7. މަގުމަތި ކުނިކެހުމާއިބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
  8. އޮޑިހަރުގެއާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  9. ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  10. ކަނޑު ތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  11. ލައުޑް ސްޕީކަރު ބޭނުން ކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  12. މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  13. އާންމު އުނދަގުލާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  14. ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ބޭވުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  15. ރަށާއި ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ އާންމު ތަންތަނުގައި ފިލްމް ނަގަން ހުއްދަ ދިނުމާއި ފީނެގުމާއިބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  16. ކުނިއުކާލުމާއި ކުނި ނައްތާލުމުގެގެ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  17. މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  18. އައްޑޫގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާއި ބެހޭ ގަވާއިދާއި، މަގުމަގާއި އާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާބެހޭ ޤަވާޢިދު ތަންފީޒު ކުރޭތޯ ބެލުން.
  19. މަގުމަތި ކުނިކެހުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  20. ގޯތި ގެދޮރު އިމާރާތް ކުރުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  21. ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  22. އައްޑޫގައި ގާޑިޔާ ނުތަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  23. އައްޑޫގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމުގެ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  24. އައްޑޫސިޓީ ކައުންސިލްގެ އެހެނިހެން ގަވާއިދު ތައް ތަންފީޒު ކުރޭތޯ ބެލުން.
  25. އައްޑޫ ސިޓީ ކައުންސިލްގެ އެހެނިހެން ޤަވާޢިދުތަކުގެ ތެރެއިން ކައުންސިލުން ކުރަންޖެހޭ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ މަސައްކަތްތަށް މޮނިޓަރކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަންދަތުމާއެކު، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޖުރިބާއާއި ހުނަރު ހުރި (ސުޕަވައިޒަރ / ފަޔަރ އެންޑް ރެސްކިއު / މުނިސިޕަލް ފަދަ ) ދާއިރާތަކުގެ 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހަކަށް ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  2. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމު %20
  2. ތަޖުރިބާ %35
  3. އިންޓަވިއު %40
  4. ތަމްރީނު %5

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖުލައި 25 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން، ހުޅުދޫ އަވަށު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް، [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 އޯގަސްޓް 01 އާއި 2021 އޯގަސްޓް 12 އާ ދެމެދު، ހުޅުދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6894728/6894655 ނަންބަރު ފޯނާއެވެ.

28 ޛުލްޤަޢިދާ  1442

  08  ޖުލައި  2021  

 


ބާވަތް: އިއުލާން

ނަންބަރ: ު: (IUL)426-6A/426/2021/190

ޕަބްލިޝް ކުރި ތާރީޚް: 08-07-2021

ސުންގަޑި: 2021-07-25 14:00:00