އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ

10 ޖުލައި 2021     2 years ago


އިޢުލާން

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ:

ކޮވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއިދިނުމަށް އެ އެޖެންސީގެ ނަންބަރު 23-L/426/2021/16 (09 ޖުލައި 2021)  ސިޓީން  ދަންނަވާފައިވެއެވެ. އެޗް.ޕީ.އޭ އިން ލުއިދިނުން ދަންނަވާފައިވަނީ ހިތަދޫ،މަރަދޫ،މަރަދޫފޭދޫ އަދި ފޭދޫ ގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަންނަނިވި ފިޔަވަޅުތަކަށެވެ. އެގޮތުން؛

  1. އައްޑޫ ސިޓީ ހިތަދޫ އަވަށުގައި 2021 ޖުލައި 10 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުމަށް ހުއްދަދިނުން. މިސްކިތްތަކުގައި ޖަމާޢަތް ހެދުމުގައި ގައިދުރުކަން ބަހައްޓަންވާނެއެވެ.
  2. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުނުން އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހެނދުނު 08:00 އިން ހަވީރު 06:00 އެތެރޭގައި ތިބެ ކައުމުގެ ޚިދުމަތް ދިނުމަށް ހުއްދަދިނުން، އަދި މިފަދަ ތަންތަނަށް ރޭގަނޑު 10:00 އާ ހަމައަށް  ޑެލިވަރީގެ ޚިދުމަތްދިނުމަށް ހުއްދަދިނުން.
  3. އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް 15:00 އިން 18:00 ގެ ނިޔަލަށް ކުޅިވަރު ކުޅޭ ތަންތަނުގައި ތިބެ ކުޅިވަރުގެ ހަރަކާތްތައް ހިންގުމަށް ހުއްދަ ދިނުން. ނަމަވެސް ކުޅިވަރު މުބާރާތްތައް މަނާކޮށްފައި ބޭއްވުން.
  4. އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމަށް ލާޒިމްކޮށް، ހެނދުނު 08:00 އިން ހަވީރު 06:00 އަށް ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ހުޅުވުން.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.

29 ޛުލްޤަޢިދާ 1442

09  ޖުލައި   2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/237

ޕަބްލިޝް ކުރި ތާރީޚް: 10-07-2021

ސުންގަޑި: 2021-07-16 23:59:00