އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އީ.އޯ.ސީ އަދި އެސް.އެސް.ޑީ މަސައްކަތަށް ވޮލަންޓިއަރުން ހޯދުން

8 ސެޕްޓެމްބަރ 2021     2 years ago


އީ.އޯ.ސީ އަދި އެސް.އެސް.ޑީ މަސައްކަތަށް ވޮލަންޓިއަރުން ހޯދުން

 

 

އީ.އޯ.ސީ އަދި އެސް.އެސް.ޑީތަކުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ބޭނުންވާ ޢަދަދު:

 

  • އީ.އޯ.ސީ: 06 (ހައެއް) ވޮލަންޓިއަރުން
  • މީދޫ އެސް.އެސް.ޑީ: 02 (ދޭއް) ވޮލަންޓިއަރުން
  • ފޭދޫ އެސް.އެސް.ޑީ: 02 (ދޭއް) ވޮލަންޓިއަރުން

މަސައްކަތު ގަޑި

  • މަދުވެގެން ދުވާލަކު 06 ގަޑި

އުޖޫރަ

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/150 (ސަތޭކަ ފަންސާސް ރުފިޔާ)

އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމު

2. މަސައްކަތުގެ ތަޖުރިބާ

3. ހުނަރާއި ޤާބިލްކަން

4. ގިނަވަގުތު މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

 

 

 

 

 

 

 

 

 

 

 

 

ވީމާ، ކޮވިޑް-19އާ ގުޅޭ މަސައްކަތުގައި އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި އެސް.އެސް.ޑީތަކުގައި ވޮލަންޓިއަރުންގެ ގެގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ވޮލަންޓިއަރ އެޕްލިކޭޝަން ލިންކް: https://forms.gle/CwAiwoaHFhCEbJtn9

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6885002 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

30 މުޙައްރަމް 1443

07  ސެޕްޓެންބަރު 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2021/320

ޕަބްލިޝް ކުރި ތާރީޚް: 08-09-2021

ސުންގަޑި: 2021-09-09 13:00:00