އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް

12 ޖުލައި 2017     6 years ago


އިޢުލާން

 

ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގައި

ވާގޮތުގެމަތީން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް

ބާއްވާ ބައްދަލުވުން މި ޖުލައި މަހުގެ 20، 23 އަދި 24 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމަކީ ކުރިއަށް އޮތް އަހަރަށް ކައުންސިލް ބަޖެޓްގައި ހިމަނަންޖެހޭ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމާއި 2017 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯރޓް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމެކެވެ. މިގޮތުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރުން 23 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެރޭ 8:30 ގައި މަރަދޫ ބޮނޑަގެ ހޯލުގައި އޮންނާނެއެވެ.ް

ވީމާ، މިބައްދަލުވުމުގައި މިރަށުގެ ވީހާ ގިނަބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުމަށް ދެންނެވީމެވެ.

16 ޝައްވާލު 1438

10 ޖުލައި 2017    



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2017/106

ޕަބްލިޝް ކުރި ތާރީޚް: 12-07-2017

ސުންގަޑި: 2017-07-24 00:00:00