އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގައި "އަވަށި މަޝްވަރާ ކޮމެޓީ" އުފެއްދުމާއި ގުޅޭ

21 ސެޕްޓެމްބަރ 2021     2 years ago


އިޢުލާން

 

އައްޑޫ ސިޓީ ކައުންސިލްގައި އަވަށި މަޝްވަރާ ކޮމެޓީ އުފެއްދުމާ ގުޅޭ :

މި އިދާރާއިން އަވަށި މަޝްވަރާ ކޮމެޓީ އުފެއްދުމާ ގުޅޭ ގޮތުން ކުރެވުނު ނަންބަރު: (IUL)426-AB/426/2021/288 (19 އޯގަސްޓް 2021) އިޢުލާނާއި ގުޅިގެން ބައެއް އަވަށްތަކުން ކުރިމަތި ލާފައިވާ ފަރާތްތަކުގެ އަދަދު މަދުވުމާއި އެކު އަލުން މިފުރުޞަތު ހުޅުވާލަމެވެ. ވީމާ، ހިތަދޫ، މަރަދޫ، ފޭދޫ އަދި ހުޅުދޫއިން އަވަށި މަޝްވަރާ ކޮމެޓީގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ. އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރުގެ 22 ވަނަ ރަސްމީ ޖަލްސާއިން އައްޑޫ ސިޓީ ކައުންސިލްގެ އަވަށި މަޝްވަރާ ކޮމެޓީގެ އުސޫލު ފާސްކޮށްފައިވެއެވެ. ދެންނެވުނު އުސޫލުގައިވާ ގޮތުގެމަތިން އަވަށި މަޝްވަރާ ކޮމެޓީތައް އައްޑޫގެ ކޮންމެ އަވަށެއްގައި އުފެއްދުމަށްޓަކައި، ކޮމެޓީގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެފަރާތެއް ނިސްބަތްވާ އަވަށެއްގެ އަވަށު އޮފީހަށް  ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަވަށި މަޝްވަރާ ކޮމެޓީތަކުގެ އުސޫލުގައިވާ ގޮތުން އަންނަނިވި ދާއިރާތަކަށް މެންބަރުން އައްޔަންކުރެވިދާނެއެވެ. އެގޮތުން؛

  1. ގަވަރނަންސް ދާއިރާ
  2. އިގްތިސާދީ ދާއިރާ
  3. ސިއްހަތާއި، ތައުލީމާއި، މުއާސަލާތާ ގުޅުން ހުރި ދާއިރާ
  4. ތިމާވެއްޓާއި، ޔުޓިލިޓީސް އަދި އުމްރާނީ ތަރައްޤީއާ ގުޅުން ހުރި ދާއިރާ
  5. ކުޅިވަރާއި ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާ

އެހެންކަމުން، މަތީގައި ދެންނެވެނު ދާއިރާތަކުގައި މަސައްކަތްކުރާ އެއަވަށަކަށް ނިސްބަތްވާ ފަރާތަކުން ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު އެ އަވަށެއްގެ އަވަށު އޮފީހަށް 26  ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމާއެކު ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުން ހުށަހެޅުމަށް ވެސް ދަންނަވަމެވެ. އެއް ދާއިރާއަކަށް އެއް ފަރާތަށް ވުރެ ގިނައިން ކުރިމަތި ލާފައި ވާނަމަ އެ ދައިރާއަކުން ހާސިލްކޮށްފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެފަރާތަކަށް އިސްކަންދެވޭނެއެވެ. އަވަށި މަޝްވަރާ ކޮމެޓީގެ އުސޫލާއި ފޯމު ވެބްސައިޓުން ލިބެންހުންނާނެއެވެ.

އަވަށު އޮފީސްތަކުގެ އީމެއިލް އެޑްރެސް ތިރީގައި މިވަނީއެވެ.

13 ޞަފަރު 1443

20 ސެޕްޓެމްބަރ  2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/338

ޕަބްލިޝް ކުރި ތާރީޚް: 21-09-2021

ސުންގަޑި: 2021-09-26 14:02:00