އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު (ސްކިލްޑް ލޭބަރ)

27 ސެޕްޓެމްބަރ 2021     2 years ago


ވަޒީފާގެ ފުރުސަތު

މަޤާމް

ސްކިލްޑް ލޭބަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިތަދޫ އަވަށު އޮފީސް ، ހިތަދޫ / އައްޑޫ

މަޤާމުގެ ނަންބަރު:

MS176

މުސާރަ:

3875/- ރުފިޔާ

ސަރވިސް އެލަވަންސް:

1000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހިތަދޫ ފްލެޓް އިމާރާތުގެ ކުލައިގެ ހާލަތު ބެލުމަށްފަހު ކައުންސިލް އިން އަންގާ ގޮތެއްގެމަތިން އިމާރާތްތަކުގެ ބޭރު ފާރުތަކާއި، އާއްމު ބައިތަކާއި، ސިޑިގޮޅިއާއި، ސިޑީގެ ރެއިލިންގ ގައި ކުލައާއި ދަވާދު ލުން.
  2. ހިތަދޫ ފްލެޓް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން ނުވަތަ އެހެން ފަރާތްތަކުން ގަސްދުގައި ކުރާކަމެއްގެ ސަބަބުން އިމާރާތްތަކުގެ ބޭރުފާރު ކަނޑައިގެން ދިޔުން ފިޔަވައި، ތަބީއީގޮތުން އިމާރާތުގެ ބޭރުފާރުގައި ލާ ރެނދުތަކާއި އިމާރާތް ކަނޑައިގެންދާ ދިއުމުން ލަސްނުކޮށް ކެނޑުންތައް ބައްދައި އިމާރާތުގެ އެތެރެއާއި ސްޓްރަކްޗަރ އަށް ފެނާއި ވައި ނުވަންނަ ގޮތަށް މަރާމާތުކުރުން.
  3. އެއްމެދު އިމާރާތްތަކުގައި ހިމެނޭ އެންމެން ހިއްސާވާގޮތަށް ބޭނުންކުރެވޭ ސްވެރޭޖް ނުވަތަ ފެންހޮޅިތަކުން ފެން ލީކްވާނަމަ  އެކަންކަން ރަގަޅުކުރުން.
  4. އެއްމެދު އިމާރާތްތަކަށް ވަޅުފެން ފޯރުކޮށްދޭ ފެންޕަންޕު ރޫޓިންކޮށް ޗެކްކޮށް ބެލެހެއްޓުމާއި، ފެންލިބުމުގައި މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި ލަސްނުކޮށް އެކަމެއް ހައްލުކޮށްދިނުން.
  5. ފެންޕަންޕް ބޭނުން ނުކުރެވޭ ވަރަށް ބާވެ ނުވަތަ ހަލާކުވެ ނުވަތަ ގެއްލިއްޖެނަމަ ސުޕަވައިޒަރުގެ ލަފަޔާއި އެކު ޕަންޕު ބަދަލުކުރުމުގެ މަސައްކަތަށް އެހީތެރިވެދިނުން.
  6. އެއްމެދު އިމާރާތް ތަކުގެ ވަޅުތައް ހަޑިވުމުގެ ސަބަބުން ފެންނެގުމަށް ދަތިނުވާގޮތަށް ސާފުކުރުމާއި ޖެހޭ މައްސަލަތައް ހައްލުކުރުން.
  7. އެއްމެދު އިމާރާތްތައް ހިމެނޭ ސަރަހައްދުގައި ހުރި ނަރުދަމާގެ ބައިތައް ސާފުކުރަންޖެހިއްޖެ ނަމަ ސާފުކުރުމާއި އެސަރަހައްދުގައި ޖެހޭ ނަރުދަމާގެ މައްސަލަތައް ހައްލުކުރުން.
  8. ފްލެޓުތަކުގެ މަތީ ސްލެބުން ނުވަތަ މަތީ ފްލޯއެއްގެ ފާހާނާ ލައިނުން ލީކެއްވެއްޖެނަމަ އެކަން ބަލައި ހައްލުކުރުން.
  9. ފްލެޓުތަކުގެ މަތީ ސްލެބުން ނުވަތަ މަތީ ފްލޯއެއްގެ ފާހާނާ ލައިނުން ލީކެއްވެއްޖެނަމަ އެކަން ބަލައި ހައްލުކުރުން.
  10. މީގެ އިތުރުންވެސް އެއްމެދު އިމާރާތްތަކުގައި އަދި ކޮމަންއޭރިޔާ ތަކުގައި ކުރަންޖެހޭ ސިމެންތީގެ މަސައްކަތް ފެންވައިރިންގެ މަސައްކަތް އަދި ޓައިލިންގ މަސައްކަތް ސުޕަވައިޒަރު ލަފައާއި އެއްގޮތަށް ކުރުން.

 

މަޤާމުގެ ޝަރުތުތައް:

  • ލިޔަންކިޔަން އެނގުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އުމުރުން 65 އަހަރު ވެފައިވާ މީހަކު ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް  
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮކްޓޫބަރު 04 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، ހިތަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 އޮކްޓޫބަރު 10 އާއި 2021 އޮކްޓޫބަރު 14 އާ ދެމެދު، ހިތަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885753 ނަންބަރު ފޯނާއެވެ.

19 ޞަފަރު 1443

26 ސެޕްޓެންބަރު 2021

 


ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2021/356

ޕަބްލިޝް ކުރި ތާރީޚް: 27-09-2021

ސުންގަޑި: 2021-10-04 13:00:00