އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު (އެޑްމިނިސްޓްރޭޓިވް އޮފިސަރ)

3 އޮކްޓޯބަރ 2021     2 years ago


ވަޒީފާގެ ފުރުސަތު

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2021)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުޅުދޫ އަވަށު އޮފީސް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

4465.00 ރުފިޔާ

އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހެޅޭ ލިޔުންތައް ވެރިފައި ކުރުމަށްފަހު، ލިޔެކިޔުންތައް ހުށަހަޅާދުވަހުން ފެށިގެން 05 ދުވަސްތެރޭގައި ޤަވާއިދާއި އެއްގޮތަށް ރަޖިސްޓަރީ އާއި ރޯޑުވަރދިނަސް ސްޓިކަރ ނިންމުމަށްފަހު ތަކެތި ދޫކުރަން ހަމަޖެހިފައިވާ ގަޑިއަށް ކައުންޓަރާއި ހަވާލުކުރުމާއި އެއްގަމު ރަޖިސްޓްރީ އާއި ބެހޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފަސޭހައިން ފެންނާނެހެން ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  4. އެއްގަމު އުޅަނދުގެ ރަޖިސްޓަރީ ގެއްލިގެން އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ބާޠިލްކުރުމަށް އެދި ސިޓީ / ފޯމް ހުށަހަޅާދުވަހުން ފެށިގެން 05 ދުވަސް ތެރޭގައި ޤަވާއިދާއި އެއްގޮތަށް ލިޔުން ތައްޔާރުކުރުމަށްފަހު ތަކެތި ދޫކުރުން.
  5. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކާރޑުތައް ތައްޔާރުކުރުމަށްފަހު ޕްރިންޓްކުރުމަށްފަހު ޤަވާއިދާއި އެއްގޮތަށް ލައިސަންސް ދޫކުރުން.
  6. ކަނޑު ލައިސަންސްފޮތް ހެދުން.
  7. ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ  ސެޓްފިކެޓް ޤަވާއިދާއި އެއްގޮތަށް ދޫކުރުން.
  8. ހެވީ ވެހިކަލް ލައިސަންސް ފޮތް ޤަވާއިދާއި އެއްގޮތަށް ހެދުން.
  9. އެއްގަމު އުޅަނދުގެ ޢަމަލީ އިމްތިހާނު ކުރާ އެގްޒަމިންރުގެ ބިލްތައް ހަދާ ޝީޓް ތައްޔާރުކުރުން.
  10. ޓެކްސީ ސްޓިކަރ، ޓެކްސީ ހުއްދަ އަދި ޓެކްސީ ލައިސަންސް  ހެދުން.
  11. އެއްގަމު އުޅަނދުފަހަރުގެ ޑްރައިވިން ޓެސްޓް ބާއްވާ ދުވަސްތައް ކަނޑައަޅާ އެދުވަސްތަކުގައި ދުއްވުމުގެ އަމަލީ އިމްތިހާން ބާއްވާ ތަނަށް މޮނިޓަރ ކުރަން ދިޔުން.
  12. ރިޕޯޓް ހެދުން (މަސައްކަތާ ގުޅޭ ރެކޯޑްތައް އަދާހަމަކޮށް ބެލެހެއްޓުން އަދި ރެކޯޑުތައް ކައުންސިލްގެ އިދާރާގެ ކަމާބެހޭ ސެކްޝަން / ޔުނިޓަށް ފޮނުވުން)
  13. ޙަވާލުކުރެވިފައިވާ މަސައްކަތާއި ގުޅިގެން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/މެސެޖް ތައް ލިޔެ ފޮނުވުމާއި އޭގެ ރެކޯޑް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު).

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމު %20
  2. ތަޖުރިބާ %35
  3. އިންޓަވިއު %40
  4. ތަމްރީނު %5

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ 45% (ތިރީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮކްޓޫބަރު 11 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 އޮކްޓޫބަރު 13 އާއި 2021 އޮކްޓޫބަރު 24 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

26  ޞަފަރު  1443

03 އޮކްޓޫބަރު 2021

 


ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2021/363

ޕަބްލިޝް ކުރި ތާރީޚް: 03-10-2021