އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބޭންކް އޮފް މޯލްޑިވްސް ސ.ހިތަދޫ ބްރާންޗްގެ ދެކުނުންހުރި ޢިމާރާތް ހުސްކުރުމާ ގުޅޭ

6 އޮކްޓޯބަރ 2021     2 years ago


އިޢުލާން

ބޭންކް އޮފް މޯލްޑިވްސް ސ.ހިތަދޫ ބްރާންޗްގެ ދެކުނުންހުރި ޢިމާރާތް ހުސްކުރުމާ ގުޅޭ:

ޤާނޫނު ނަންބަރު 2002/1  (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގައި ބަޔާންވެގެންވާ ފަދަ އެއްބަސްވުމެއްނެތި ބޭންކް އޮފް މޯލްޑިވްސް ސ.ހިތަދޫ ބްރާންޗްގެ ދެކުނުންވާ ބަންޑާރަ ބިމުގައި 2 ބުރިއަށް ހަދާފައިވާ ޢިމާރާތް އާންމު ފަރާތަކުން ބޭނުންކުރަމުން ގެންދާކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. ބުނެވިދަ ޤާނޫނުގައި ދިރިއުޅުން ނޫން އެހެން ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރާ ގޮތްތަކާއި ދިރިއުޅުމަށް ގޯތި ދޫކުރެވޭ ގޮތް ވެސް ބަޔާންކޮށްފައިވެއެވެ. ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 2-56 ވަނަ މާއްދާގެ (ހ) ގައި ސިޓީ ކައުންސިލްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށް ކަމަށް ބަޔާންކޮށްފައިވާތީ، ބޭންކް އޮފް މޯލްޑިވްސް ސ.ހިތަދޫ ބްރާންޗްގެ ދެކުނުންވާ ބިމުގައި 2 ބުރިއަށް ކޮށްފައިވާ ޢިމާރާތަކީ ކައުންސިލްގެ މިލްކެކެވެ.

އެހެންކަމުން، ބޭންކް އޮފް މޯލްޑިވްސް ސ.ހިތަދޫ ބްރާންޗްގެ ދެކުނުން 2 ބުރިއަށް ކޮށްފައިވާ ޢިމާރާތުގެ އެތެރެއާއި ބޭރުގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް ވާނަމަ، އެ އިމާރާތަށް ގެއްލުން ނުވާނޭހެން 12 އޮކްޓޫބަރު 2021 ގެ ކުރިން އެތަކެއްޗެއް އެތަނުން ގެންދެވުމަށް ދަންނަވަމެވެ. މި ތާރީޙުގެ ކުރިން އެ ޢިމާރާތުގެ އެތެރެ އާއި ބޭރުގައިވާ ތަކެތި ގެންގޮސްފައި ނުވާނަމަ އެތަކެތި އެތަނުން ނަގާނެކަން އަންގަމެވެ. އަދި އެހެންތަނަކަށް އެތަކެތި ގެންދިއުމުގައި ލިބޭގެއްލުމަކަށް ކައުންސިލުން ޒިންމާނުވާނެ ވާހަކަ އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

29 ޞަފަރު  1443

06 އޮކްޓޯބަރ 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/364

ޕަބްލިޝް ކުރި ތާރީޚް: 06-10-2021

ސުންގަޑި: 2021-10-12 11:18:00