އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހުޅުދޫމީދޫގައި ޢިމާރާތްކުރެވިފައިވާ 4 ފަންގިފިލާގެ ޢިމާރާތުގެ، ތިންވަނަ ފަންގިފިލާ ކުއްޔަށްދޫކުރުމާއި ގުޅޭ

10 އޮކްޓޯބަރ 2021     2 years ago


އިޢުލާން

 

އައްޑޫސިޓީ، ހުޅުދޫމީދޫގައި، ޢިމާރާތްކުރެވިފައި 4 ފަންގިފިލާގެ، ޢިމާރާތުގެ ތިންވަނަ ފަންގިފިލާ ކުއްޔަށްދޫކުރުމާއި ގުޅޭ

 

ޢިމާރާތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބައި:

  • އިމާރާތުގެ ތިންވަނަ ފަންގިފިލާގެ 1894އަކަފޫޓްގެ ބައި

ބިޑްފޯމް ދޫކުރުން:

ބިޑްފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ، 11 އޮކްޓޯބަރ 2021ން 21 އޮކްޓޯބަރ 2021 ށް. 

ބިޑްފޯމް ދޫކުރާގަޑި:

ހެނދުނު 8:30 ން މެންދުރު ފަހުގެ 14:00އަށް.

ބިޑް ހުށަހަޅަންޖެހޭ ތަން:

އައްޑޫސިޓީ / ހުޅުދޫ އަވަށު އޮފީސް

ބިޑް ހުށަހަޅަންޖެހޭ ތާރީޚް:

24 އޮކްޓޯބަރ 2021 އާދީއްތަދުވަހުގެ 11:00 އަށް

ބިޑް ފޯމާއި އެކުގައި ހުށަހަޅަންޖެހޭތަކެތި:

  • ބިޑް ހުށަހަޅާފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަނޓެއްނަމަ އެތަންތަނުގެ ރަޖިސްޓްރީ ކޮޕީ:
  • ވަކިފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ:
  • ވިޔަފާރިއެއްކުރާނަމަ އެކަން އެގޭނެ ލިއުން (ވިޔަފާރި ހުއްދަ)

ބިޑްފޯމް ހުށަހަޅާއިރު، ފޯމްގައި ސޮއިކޮށް ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމް ހުށަހެޅުން:

އިތުރު މަޢުލޫމާތު

  • ތިންވަނަ ފަންގިފިލާގެ 1894 އަކަފޫޓްގެ ބަޔަށް، އެންމެ ކުޑަކުލީގެ ގޮތުގައި ހުށަހެޅޭނީ މަހަކަށް 7000.00 ރުފިޔާ (ހަތްހާސް ރުފިޔާ)
  • ޢިމާރާތުން ކުއްޔަށް ދޫކުރެވޭ ތަން ބަލާލުމުގެ ފުރުޞަތު 11 އޮކްޓޫބަރ 2021 ދުވަހުންފެށިގެން 21 އޮކްޓޯބަރ 2021 ށް، ކޮންމެ ދުވަހަކު ހެނދުނު 10:00 ން 11:00 އަށް ހުޅުދޫ އަވަށު އޮފީހަށް ވަޑައިގަތުމުން ހަމަޖައްސައި ދެވޭނެއެވެ. 
  • ޢިމާރާތް ކުއްޔަށް ދިނުމާއި ގުޅޭގޮތުން ބޭނުންވާ އިތުރު މަޢުލޫމާތު ދިނުން 21 އޮކްޓޯބަރ 2021 ވާ ހޯމަދުވަހުގެ 10:00ގައި ހުޅުދޫ އަވަށު އޮފީހުގައި އޮންނާނެއެވެ.
  • ބިޑް ހުށަހެޅުމަށް ގަޑި ޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑް ހުށަހުޅުވުމުގެ ސެޝަނުގައި ބައިވެރި ނުވެވޭނެ އެވެ.
 

10 އޮކްޓޫބަރ 2021

04 ރަބިޢުލް އައްވަލު 1443

ކުއްޔަށް ހިފުމަށް އެދޭ ފޯމް:

 https://docs.google.com/document/d/1yvBISmdQYNTvI0DnhTs_cCjqxXmRNeFe/edit?usp=sharing&ouid=101785490892086838833&rtpof=true&sd=true

ކުއްޔަށް ދޫކުރުމުގެ އުސޫލުތައް: 

https://docs.google.com/document/d/1EQpaU45d2DcaVv7SFMoQWsWcgH6-QdWf/edit?usp=sharing&ouid=101785490892086838833&rtpof=true&sd=true

 



ބާވަތް: އިއުލާން

ނަންބަރ: 426-CA/426/2021/123

ޕަބްލިޝް ކުރި ތާރީޚް: 10-10-2021

ސުންގަޑި: 2021-10-21 10:00:00