އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު (މެރިޓައިމް ސަރވެޔަރ)

11 އޮކްޓޯބަރ 2021     2 years ago


ވަޒީފާގެ ފުރުސަތު

މި އިދާރާގެ ނަންބަރު (IUL)426-CB/426/2021/341 (21 ސެޕްޓެންބަރު 2021) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.

މަޤާމް

މެރިޓައިމް ސަރވެޔަރ

ބޭނުންވާ ޢަދަދު:

  • 01 (އެކެއް) – ހިތަދޫ އަށް
  • 01 (އެކެއް) – ހުޅުދޫ އަށް

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • ޓްރާންސްޕޯޓް ސެކްޝަން، އައްޑޫސިޓީ ކައުންސިލްގެ އިދާރާ – (ހިތަދޫ އަށް ނެގޭ މުވައްޒަފު)
  • ހުޅުދޫ އަވަށު އޮފީސް، އައްޑޫސިޓީ ކައުންސިލްގެ އިދާރާ – (ހުޅުދޫ އަށް ނެގޭ މުވައްޒަފު)

މުސާރަ:

  • ކަނޑު އުޅަނދު ދުއްވަން އެނގޭތޯ ބެލުމަށް ކުރާ ކޮންމެ ދުއްވުމަކަށް -/10 ރުފިޔާ
  • ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންތައްތަކާއި ގުޅިގެން ކުރެވޭ ކޮންމެ ސަރވޭޔަކަށް -/25 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު (އައްޑޫސިޓީ ސަރަޙައްދުގައި ހިމެނޭ އުޅަނދުފަހަރުތައް) ސާރވޭކުރުމަށްޓަކައި ކަނޑައެޅިފައިވާ ވަގުތައް ޤަވާއިދާއި އެއްގޮތަށް ސާރވޭ ކުރުން.
  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ސާރވޭކުރުމަށް ހަވާލްކުރެވޭ ރިޕޯޓްތައް ޤަވާއިދާއި އެއްގޮތަށް ފުރިހަމަކޮށް ދުވަހުން ދުވަހަށް ކައުންސިލްގެ އިދާރާއާއި ޙަވާލްކުރުން.
  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ލައިސަންސްއަށް އެދޭފަރާތްތަކަށް ދުއްވުމުގެ އިމްތިހާނު ދިނުމަށްޓަކައި ކަނޑައެޅިފައިވާ ވަގުތުތަކުގައި އެ އިމްތިހާން ދިނުން.
  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ އަމަލީ އިމްތިޙާނު ނިމުމުން ނަތީޖާ ޝީޓް ފުރިހަމަކޮށް ދުވަހުން ދުވަހަށް ކައުންސިލްގެ އިދާރާއާއި ޙަވާލްކުރުން.

މަޤާމުގެ ޝަރުތުތައް:

  • A,B,C,D,G ގެ ކެޓަގަރީ ހިމެނޭ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް އޮތުން
  • ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް'  ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ޑްރައިވިންގެ ލައިސަންސް ކާޑުގެ ކޮޕީ
  5. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  2. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  3. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮކްޓޫބަރު 17 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އައްޑޫސިޓީ މޮނިޓަރިންގ ހާލަތުގައި އޮތުމާއި ގުޅިގެން އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީމެއިލް މެދުވެރިކޮށެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 އޮކްޓޫބަރު 19 އާއި 2021 އޮކްޓޫބަރު 28 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ.

04 ރަބީޢުލްއައްވަލް 1443

10 އޮކްޓޫބަރު 2021

 


ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2021/370

ޕަބްލިޝް ކުރި ތާރީޚް: 11-10-2021

ސުންގަޑި: 2021-10-19 10:40:00