އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރައްޔިތުންގެ އަގުބޮޑު މުދަލަށް ބަޔަކު ގެއްލުންދެމުންދާތީ އައްޑޫސިޓީ ކައުންސިލުން ނެރުއްވި ނޫސްބަޔާން

18 ޖުލައި 2017     4 years ago


ރައްޔިތުންގެ އަގުބޮޑު މުދަލަށް ބަޔަކު ގެއްލުންދެމުންދާތީ އައްޑޫސިޓީ ކައުންސިލުން ނެރުއްވި ނޫސްބަޔާން

 

އައްޑޫސިޓީގައި ފަހަކަށް އައިސް ކާރުތަކުގައި ހުޅުޖެހުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މި ޖުލައި މަހުގައި 5 ކާރެއްގައި ހުޅުޖަހައި އިތުރު އެއްކާރަކަށް ގެއްލުންދީ ރައްޔިތުންގެ އަގު ބޮޑު މުދާތަކަށް އެއްވެސް ޖެހިލުމެއްނެތި ގެއްލުންދެމުންދާ މައްސަލައަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ.

ސިލްސިލާކޮށް މިފަދަ ކަންކަން ކުރިއަށް ދިއުމުގެ ސަބަބުން މިސިޓީގެ ރައްޔިތުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން ފެތުރިފައެވެ. އެހެންކަމުން މިފަދަ ކަންކަން ތަކުރާރުނުވާނޭ ގޮތުގެ މަތިން ސިޓީގެ އަމާންކަން ގާއިމުކުރުމުގެ މަސައްކަތް ވަރުގަދަ ކޮށްދެއްވައި ހަރުދަނާކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އިލްތިމާސްކުރަމެވެ. މިސިޓީގައި އަމާން ވެށްޓެއް ގާއިމުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ޕޮލިސް ސަރވިސް އިން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން މި ކައުންސިލުން އަބަދުވެސް ދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ.

ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އަމާން ވެށްޓެއް ގާއިމުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް މި ފުރުސަތުގައި ފާހަގަކޮށް ރައްޔިތުން މި ފަދަ ބިރުވެރިކަމުން ސަލާމަތްކޮށް އަމާން މާހައުލަކަށް ނޭވާލުމުގެ މަގު ތަނަވަސްކޮށްދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް އިލްތިމާސް ދަންނަވަމެވެ.ބާވަތް: ނޫސްބަޔާން

ނަންބަރ: 05/2017

ޕަބްލިޝް ކުރި ތާރީޚް: 18-07-2017