އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ސ.މީދޫ ފަނޑިޔާރު މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތާއި ގުޅޭ

14 އޮކްޓޯބަރ 2021     2 years ago


އިޢުލާން

 

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަސައްކަތް ސަޤާފީ ތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒުން ކުރައްވަމުން ގެންދަވާއިރު، ސ.މީދޫ ފަނޑިޔާރު މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތްވެސް އެ މަރުކަޒުން ދަނީ ކުރައްވަމުންނެވެ.

                  އެހެންކަމުން ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށްޓަކައި ނޮމިނޭޝަން ޑޮޒިއަރ އަށް ބޭނުންވާ މަޢުލޫމާތު 20 ދުވަހުގެ ތެރޭގައި އެއްކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

ވީމާ، މި ކަމަށް ޝައުގު ވެރިވާ ފަރާތް ތަކުން މި މަޢުލޫމާތު ފޯރު ކޮށްދިނުމަށް ހުށަހަޅާ އެސްޓިމޭޓް 21 އޮކްޓޯބަރ 2021 ގެ 10:00 އަށް މީދޫ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ޑޮޒިއަރ އަށް ބޭނުންވާ މަޢުލޫމާތު ތަކުގެ ސުވާލު ކަރުދާސް އެނެކްސް 1 ގައި ހިމެނިފައިވާނެއެވެ.

13 އޮކްޓޯބަރ 2021

07 ރަބީޢުލް އައްވަލް 1443

އެސްޓިމޭޓް: https://docs.google.com/document/d/1Pml89j6et-v-VVQwwye8sMUaPT9qg6kC/edit?usp=sharing&ouid=101785490892086838833&rtpof=true&sd=true



ބާވަތް: އިއުލާން

ނަންބަރ: (IUL)426/426/2021/383

ޕަބްލިޝް ކުރި ތާރީޚް: 14-10-2021

ސުންގަޑި: 2021-10-21 14:00:00