އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ގެ ވަނަވަރު ފޮތް ލިޔުން

9 އޮކްޓޯބަރ 2016     7 years ago


އައްޑޫސިޓީ   ގެ ވަނަވަރު ފޮތް ލިޔުން

 

އައްޑޫސިޓީގެ ވަނަވަރާއި ގުޅުންހުރި މަޢުލޫމާތު ތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ފޮތެއް ލިޔުއްވަން ބޭނުންވެ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:     (IUL)426-CA/426/2016/207 އިޢުލާނަށް އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހެޅިފައިނުވާތީ މި އިޢުލާން ބާޠިލުކޮށް އަލުން މިފުރުސަތު ހުޅުވައިލަމެވެ.

ވީމާ، މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތުގެ މައްޗަށް މިފޮތް ލިއުއްވާދެއްވަން ޝައުގުވެރިވާ ފަރާތްތަކުން، 2016، އޮކްޓޯބަރ 12 ވާ ބުދަ ދުވަހު 11:00 އަށް މި އިދާރާއަށް ވަޑައިގެން މައުލާމާތު ސާފުކުރެއްވުމަށްފަހު، 2016، އޮކްޓޯބަރ 19 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފު ކޮށްދިނުމަށް ބާއްވާ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

 

27 ޛުލްޙިއްޖާ 1437

29 ސެޕްޓެންބަރު 2016



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2016/220

ޕަބްލިޝް ކުރި ތާރީޚް: 09-10-2016

ސުންގަޑި: 2016-10-19 00:00:00