އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު (ސްޕޯޓްސް ސްޕަވައިޒަރ - މަރަދޫފޭދޫ އަވަށު އޮފީސް)

19 އޮކްޓޯބަރ 2021     2 years ago


ވަޒީފާގެ ފުރުސަތު

މަޤާމް:

ސްޕޯޓްސް ސްޕަވައިޒަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ނަންބަރު:

YC-002

މަޤާމުގެ ގިންތި އާއި މުއްދަތު:

ވަގުތީ (31 ޑިސެންބަރު 2021 ގެނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫސިޓީ ކައުންސިލްގެ އިދާރާ / މަރަދޫފޭދޫ އަވަށު އޮފީސް

މުސާރަ:

5610/- ރުފިޔާ

ސަރވިސް އެލަވަންސް:

2000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލްސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުން ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާ ކުރުމަށްޓަކައި ސިޓީ އަދި އަވަށުފެންވަރުގައި ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުން.
  2. ކުރިއަށް އޮތް އަހަރު ހިންގުމަށް ބޭނުންވާ ހަރަކާތްތަކާއި ޕްރޮގްރާމްތައް ރާވާ، އެކްޓިވިޓީ ޕްލޭން އެކުލަވާލުމަށްފަހު ހިނގަމުންދާ އަހަރުގެ އޮގަސްޓް 30 ވަނަ ދުވަހުގެ ކުރިން ކައުންސިލާ ހިއްސާކުރުން.
  3. ސިޓީ އަދި އަވަށު ފެންވަރުގައި ބޭއްވޭ އެކިއެކި ކުޅިވަރު މުބާރާތްތައް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން އިންތިޒާމުކުރުމާއި އަދި އެފަދަ ކުޅިވަރު މުބާރާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަންދިނުން.
  4. ޒުވާނުންގެ މަރުކަޒުގައި ހިމެނޭ ކުޅިވަރާބެހޭ އެންމެހައި އިކުއިޕްމަންޓްތައް އިންވެންޓަރީއަށް ނަގައި ރެކޯޑްތައް ބެލެހެއްޓުމާއެކު، އެއްޗެއް ހަލާކުވެއްޖެނަމަ އެއަވަށެއްގެ އަވަށު އޮފީހާއި އެކަން ހިއްސާކޮށް އެތަކެތި ހޯދުން.
  5. ޒުވާނުންގެ މަރުކަޒުން ހިންގާ ހަރަކާތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއެކު އެމަސައްކަތުގެ ރެކޯޑް ބެލެހެއްޓުން.
  6. ސްކޫލް / ޖަމްޢިއްޔާތަކުން ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކުޅިވަރު މުބާރާތްތަކަށް ފަރިތަކުރުމުގެ އިންތިޒާމުތައް ރާވައި ހިންގުން.
  8. ޒުވާނުންގެ މަރުކަޒުން ކުރިއަށް ގެންދިއުމަށް ރާވާ އެކިއެކި ހަރަކާތްތަކުގެ މަޢުލޫމާތު ކައުންސިލަށާއި ކަމާގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުން.
  9. ޒުވާނުންގެ މަރުކަޒުން ހިންގާ ޕްރޮގްރާމުތަކުގެ ރިޕޯޓް މަހަކު އެއްފަހަރު ކައުންސިލާ ހިއްސާކުރުން.
  10. ވަޒީފާއާއި ބެހޭ ގާނޫނާއި، ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ އަދާކުރުން.

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު).

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021  އޮކްޓޫބަރު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މަރަދޫފޭދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ނޮވެންބަރު 08 އާއި 2021 ނޮވެންބަރު 10 އާ ދެމެދު، މަރަދޫފޭދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6891523 ނަންބަރު ފޯނާއެވެ.

11  ރަބީޢުލްއާހިރާ  1443

17 އޮކްޓޯބަރ 2021

 


ބާވަތް: އިއުލާން

ނަންބަރ: (IUL)426-5A/426/2021/385

ޕަބްލިޝް ކުރި ތާރީޚް: 19-10-2021

ސުންގަޑި: 2021-10-28 14:00:00