އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސަޤާފީތަރިކަ ރައްކާތެރިކުރުމާއި ގުޅޭ

26 އޮކްޓޯބަރ 2021     2 years ago


އިޢުލާން

 

" ސަޤާފީތަރިކަ ރައްކާތެރިކުރުމާއި ގުޅޭ "

ރަށްރަށުގައި ކުރަމުންދާ އެކިއެކި ސަޤާފީ އާދަކާދަ އާއި ގުޅުންހުރި މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އެއްކޮށް މިފަދަ މަސައްކަތް ކުރައްވާ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާޢަތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ސަޤާފީތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒުން ދަނީ ކުރައްވަމުންނެވެ. މިފަދަ މަސައްކަތްތަކެއް ހިތަދޫ އަވަށުގައި ކުރައްވާ ފަރާތެއްވާނަމަ، ސަޤާފީތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒުގައި ދަފްތަރު ކުރުމަށް ޤައުމީ މަރުކަޒުން ވަނީ އެދި ލައްވާފައެވެ.

ވީމާ، ސަޤާފީ އާދަކާދައާއި ގުޅުންހުރި މަސައްކަތްތައް ކުރައްވާ ފަރާތްތަކުން ދަފްތަރުކުރުމަށް އެދޭފޯމު ހިތަދޫ އަވަށުއޮފީހުން ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު 28 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއޮފީހަށް ފޮނުއްވައި ދެއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ހިއްސާކޮށްދެއްވުން އެދެމެވެ.

20 ރަބީޢުލްއައްވަލު 1443

  26 އޮކްޓޯބަރ 2021

https://drive.google.com/file/d/1vuH7AcpPn-oxeYynWGn9K2gUy67WBFpt/view?usp=sharing

https://docs.google.com/document/d/1oVEAQjPTU6vIWZP2_mDRNJaEVUtH9xsz/edit?usp=sharing&ouid=101785490892086838833&rtpof=true&sd=true



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2021/404

ޕަބްލިޝް ކުރި ތާރީޚް: 26-10-2021

ސުންގަޑި: 2021-10-28 12:00:00