އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު (ސްޓޯރ ކީޕަރ - އައްޑޫސިޓީ ކައުންސިލްގެ އިދާރާ / ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން)

26 އޮކްޓޯބަރ 2021     2 years ago


ވަޒީފާގެ ފުރުސަތު

މަޤާމް

ސްޓޯރ ކީޕަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ނަންބަރު:

MS149

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2021)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫސިޓީ ކައުންސިލްގެ އިދާރާ / ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން

މުސާރަ:

4465.00 ރުފިޔާ

އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. އައްޑޫސިޓީގައި ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ އެކި މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން. މިގޮތުން ތަކެތީ ޖީ.އާރް.އެފް ހެދުމާއި ހޯދޭ ތަކެތީގެ އަގު ބެލުމާއި ގެނައުމުގެ މަސައްކަތްކުރުމާއި ރިކޯޑް ބެލެހެއްޓުން.
  4. ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމާއި ގުޅޭގޮތުން  ސްޕަވައިޒަރުގެ ލަފާގެ މަތިން ކަމާއި ގުޅޭ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އާއި ލިޔުން ތައްޔާރުކުރުން. 
  5. މަސައްކަތަށް ހޯދޭ ތަކެތީގެ ތެރެއިން ކުއަލިޓީ ދަށް ކުރުމުއްދަތަކުން ހަލާކުވާ ސާމާނުތައް ދެނެގަނެ ހޯދޭތަކެތި ބޭނުންކުރެވޭގޮތުގެ މަޢުލޫމާތުނަގާ ބެލެހެއްޓުން
  6. ހޯދޭ ތަކެތީގެ ހަރުމުދަލުގެ އިންވެންޓަރީ ބެލެހެއްޓުމާއި ކޮންމެ މަހަކު ހޯދޭތަކެތީގެ ރިޕޯޓް ތައްޔާރުކުރުން.
  7. ވެހިކަލްތަކާއި ހޯދޭ މުދަލާއި ތަކެއްޗަށް ލިބޭ ގެއްލުންތަކާއި އިންސިޑެންޓްތަކުގެ ރިޕޯޓް ތައްޔާރުކޮށް ލިޔެކިޔުން ބެލެހެއްޓުން
  8. ހަވާލުކުރެވޭ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ސުޕަވައިޒަރުގެ ލަފާގެ މަތިން މަސައްކަތްކުރުން
  9. ޕްރޮޖެކްޓް ސެކްޝަނުން ކުރިއަށް ގެންދާ މަޝްރޫއުތައް މޮނިޓަރ ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން
  10. ޙަވާލުކުރެވިފައިވާ މަސައްކަތާއިގުޅިގެން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ،މެސެޖު ފަދަ ލިޔުންތައް ލިޔެ ފޮނުވުމާއި އޭގެ ރެކޯޑު ބެލެހެއްޓުން.
  11. މަސައްކަތާއި ގުޅިގެން އަންނަ ކޯލްތަކަށް ޖަވާބު ދިނުމާއި މަސައްކަތް ކުރިއަށް ގެންދިއުމުގައި ގުޅަންޖެހޭ ފަރާތްތަކަށް ގުޅުމާއި ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ބައްދަލުވުންތައް އިންތިޒާމު ކުރުމާއި ބައްދަލުވުންތަކުގައި ބައިވެރިވުމާއި ބައްދަލުވުމުގެ ޔައުމިއްޔާ ލިޔުން. 
  12. ހަވާލުކުރެވޭ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ސުޕަވައިޒަރުގެ ލަފާގެ މަތިން މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

ދިވަހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވަހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު).

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމު %20
  2. ތަޖުރިބާ %35
  3. އިންޓަވިއު %40
  4. ތަމްރީނު %5

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ 45% (ސާޅީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ނޮވެންބަރު 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ނޮވެންބަރު 04 އާއި 2021 ނޮވެންބަރު 22 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

20 ރަބީޢުލްއައްވަލް 1443

26  އޮކްޓޫބަރު  2021

 


ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2021/403

ޕަބްލިޝް ކުރި ތާރީޚް: 26-10-2021

ސުންގަޑި: 2021-11-04 13:00:00