އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގަން އިޖްތިމާޢީމަރުކަޒުގައި ހުރި ބައުތަކެތި ނީލަން ކިއުމާއިބެހޭ

4 ޑިސެމްބަރ 2021     1 month ago


އިޢުލާން

ގަން އިޖްތިމާޢީމަރުކަޒުގައި ހުރި ބައުތަކެތި ނީލަން ކިއުމާއިބެހޭ

 

          ގަން އިޖްތިމާޢީމަރުކަޒުގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 08 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ގައި ގަން އިޖްތިމާޢީމަރުކަޒުގައެވެ.

               ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2021 ޑިސެންބަރު  06 އަދި 07  މި ދެދުވަހުގެ 9:00 އިން 10:00 އަށް ގަން އިޖްތިމާޢީމަރުކަޒަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު 03  ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

              ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 08 ޑިސެންބަރު  2021 ވާ ބުދަ ދުވަހުގެ ހެނދުނު9:00 އަށް ގަން އިޖްތިމާޢީމަރުކަޒަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

27 ރަބީޢުލްއާޚިރު 1443

02 ޑިސެންބަރު 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4A/426/2021/441

ޕަބްލިޝް ކުރި ތާރީޚް: 04-12-2021

ސުންގަޑި: 2021-12-08 09:00:00