އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިއިދާރާގެ ލީގަލް އޮފިސަރ އަލްއުސްތާޛް ޢަބްދުﷲ އިޙުސާންގެ ކާރުގައި ރޯކޮށްލުމާއި ގުޅިގެން ކައުންސިލުން ނެރޭ ނޫސްބަޔާން

4 ޑިސެމްބަރ 2021     2 years ago


ނޫސްބަޔާން

މިއިދާރާގެ ލީގަލް އޮފިސަރ އަލްއުސްތާޛް ޢަބްދުﷲ އިޙުސާންގެ ކާރުގައި ރޯކޮށްލުމާއި ގުޅިގެން ކައުންސިލުން ނެރޭ ނޫސްބަޔާން

މި އިދާރާގެ ލީގަލް އޮފިސަރ އަލްއުސްތާޛް ޢަބްދުﷲ އިޙުސާންގެ ކާރުގައި ރޭގެ ފަތިހުގެ ވަގުތެއްގައި ބަޔަކު ގަސްދުގައި އަލިފާން ރޯކޮށްލައި, ކާރަށް ގެއްލުންދިން މައްސަލަ އައްޑޫސިޓީ ކައުންސިލުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

މީސްމީހުންގެ މުދަލަށް ނުހައްގުން އަރައިގަނެ އަނިޔާ ދިނުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. މީހުންގެ މުދަލަށް ގެއްލުން ދިނުން، ދިވެހިރާއްޖޭގެ ގާނޫނުތަކުގައިވެސް ވަނީ ވަރަށް ބޮޑު ކުށެއްކަމުގައި ކަނޑައަޅާފައެވެ. މީހުންގެ މުދަލުގައި އަލިފާންޖަހާ ރޯކޮށް އަނިޔާވެރި އަމަލުތައް ހިންގުމަކީ އައްޑޫސިޓީ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫނެވެ. މިއަމަލު ހިންގި ބަޔަކު ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މިއިދާރާއިން ގޮވާލަމެވެ.

28 ރަބީއުލްއާޚިރާ 1443

04 ޑިސެމްބަރ 2021



ބާވަތް: ނޫސްބަޔާން

ނަންބަރ: (PR)426AB/426/2021/6

ޕަބްލިޝް ކުރި ތާރީޚް: 04-12-2021