އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އާންމު އިޖުތިމާއީ ޤަވާޢިދު ތަންފީޒް ކުރުމާއި ގުޅޭ

8 ޑިސެމްބަރ 2021     2 years ago


އިޢުލާން

އާންމު އިޖުތިމާއީ ޤަވާޢިދު ތަންފީޒް ކުރުމާއި ގުޅޭ:

އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ޢާންމު ކޮށްފައިވާ، އާންމު އިޖުތިމާއީ ކަންކަމާއި ގުޅޭ ތިރީގައި މިދަންނަވާ ޤަވާޢިދުތައް ހިތަދޫ އަވަށުގައި ތަންފީޒް ކުރުމުގެ މަސައްކަތް މި އޮފީހުގެ ފަރާތުން މުނިސިޕަލް އިނިސްޕެކްޓަރުން މެދުވެރިކޮށް ކުރަމުންގެދާ ވާހަކަ ދަންނަވަމެވެ. މިމަސައްކަތް ކުރިޔަށް ގެންދާއިރު ހުރިހާގޮތަކުން ރައްޔިތުންގެ އެއްބާރު ލެއްވުމާއި އެހީތެރިވެ ވަޑައިގެން ދެއްވުމަށް އެދޭވާހަކަ ދަންނަވަމެވެ.

  1. އާންމު ތަންތަނާއި މަގުމައްޗަށާއި ފެޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-984)
  2. އާންމު އުނދަގުލާބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-995)
  3. ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި، ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށް ވާގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-982)
  4. ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-985)
  5. ލައުޑް ސްޕީކަރު ބޭނުން ކުރުމާއި އަޑުގަދަކޮށް ލަވަ ޖެހުމާއިބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-993)
  6. މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-990)
  7. މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-986)
  8. މަގުމަތި ކުނިކެހުމާބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-987)
  9. އޮޑިހަރުގެއާބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-988)
  10. ރަށުގެ އާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ބޭއްވުމާބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-994)
  11. ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-980)
  12. ވަގުތީގޮތުން މަގު ބަންދު ކުރުމާބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-983)
  13. ގޭގެއިން މަގު ހުރަހަށް ދަނޑި،ދަގަނޑު،ހޮޅި،ވާ،ޓިނު، ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2019/R-989)

04 ޖުމާދަލްއޫލާ 1443

08 ޑިސެމްބަރު 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2C/426/2021/450

ޕަބްލިޝް ކުރި ތާރީޚް: 08-12-2021

ސުންގަޑި: 2021-12-08 19:00:00