އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - 2022 ވަނަ އަހަރުގެ އައްޑޫސިޓީގެ ކުޅިވަރު ކަލަންޑަރ އެކުލަވާލުން

9 ޑިސެމްބަރ 2021     2 years ago


އިޢުލާން

2022 ވަނަ އަހަރުގެ އައްޑޫސިޓީގެ ކުޅިވަރު ކަލަންޑަރ އެކުލަވާލުން

 
           އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކުރާ ކުޅިވަރު މުބާރާތްތަކާއި ކުޅިވަރުގެ ޙަރަކާތްތައް ހިމެނޭ "އައްޑޫސިޓީ ކުޅިވަރު ކަލަންޑަރ-2022" އެކުލަވާލުމުގެ މަސައްކަތް ކައުންސިލް އިދާރާގެ ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމިޓީން ކުރައްވަމުން އެބަގެންދަވައެވެ. މި މަސައްކަތް ކުރުމުގައި އައްޑޫސިޓީގައި ޙަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ސްކޫލްތަކާއި، އެސޯސިއޭޝަންތަކާއި، ޔޫތް ސެންޓަރތަކުން ހިންގަވާ ކުޅިވަރު މުބާރާތްތަކާއި ޙަރަކާތްތަކާ ފުށުނާރާގޮތަށް "އައްޑޫސިޓީ ކުޅިވަރު ކަލަންޑަރ-2022" އެކުލަވާލަން ބޭނުންވެއެވެ.

           ވީމާ، އައްޑޫސިޓީގައި ކުޅިވަރުގެ ޙަރަކާތްތަށް ހިންގަވާ އެންމެހާ ތަންތަނުން، 2022 ވަނަ އަހަރު އައްޑޫސިޓީގައި ހިންގެވުމަށް ރާއްވަވާ ކުޅިވަރު މުބާރާތްތަކާއި ކުޅިވަރުގެ ޙަރަކާތްތަކުގެ މަޢުލޫމާތު ( ކުޅިވަރު ޙަރަކާތް ހިންގެވުމަށް ރާވާފައިވާގޮތުގެ މަޢުލޫމާތާއި ޙަރަކާތް ކުރިޔަށް ގެންދެވުމަށް ހަމަޖައްސަވާފައިވާ ތާރީޚް ތައް އެނގޭގޮތަށް )   23 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ކުރިން މިއިދާރާގެ މެއިލްއަށް ([email protected]  ޙިއްސާކޮށް ދެއްވުންއެދެމެވެ.

04 ޖުމާދުލްއޫލާ 1443

08 ޑިސެމްބަރ 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2021/449

ޕަބްލިޝް ކުރި ތާރީޚް: 09-12-2021

ސުންގަޑި: 2021-12-23 02:00:00