އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން

20 ޑިސެމްބަރ 2021     2 years ago


އިޢުލާން

ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން

 

1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 19 ޑިސެންބަރު 2021ދުވަހުންފެށިގެން ރަސްމީގަޑިގައި އައްޑޫސިޓީގެ އަވަށުއޮފީސްތަކުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ޖެނުއަރީ 2022އިން 20 ޖެނުއަރީ 2022ވަނަ ދުވަހުގެ 13.00ގެ ނިއަލަށް އެމީހަކު ދިރިއުޅޭ އަވަށެއްގެ އަވަށުއޮފީހުންނެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމްގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅުއްވަންޖެހޭ ހުރިހާ ލިއުންތަކެއް ހަމަކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޯމާއެކު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޖުމާދަލްއޫލާ 1443

19 ޑިސެންބަރު 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2021/454

ޕަބްލިޝް ކުރި ތާރީޚް: 20-12-2021

ސުންގަޑި: 2022-01-20 13:00:00