އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ ކައުންސިލްގެ ޓޫރިޒަމް އެޑްވައިޒަރީ ބޯޑްއަށް އާއްމުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުން

10 ޖެނުއަރީ 2022     2 years ago


އިޢުލާން

އައްޑޫސިޓީ ކައުންސިލްގެ ޓޫރިޒަމް އެޑްވައިޒަރީ ބޯޑްއަށް އާއްމުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުން

އައްޑޫސިޓީ ކައުންސިލްގެ ޓޫރިޒަމް ކޮމެޓީއަށް ޓޫރިޒަމް ދާއިރާގެ ޢިލްމީ އަދި ފަންނީ މެމްބަރުން އެކުލެވޭ  އެޑްވައިޒަރީ ބޯޑެއް އެކުލަވާލުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، ޓޫރިޒަމް އެޑްވައިޒަރީ ބޯޑަށް އާއްމުންގެ ތެރެއިން 10 ފަރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައިވާ ވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. ޓޫރިޒަމް އެޑްވައިޒަރީ ބޯޑަށް މީހުން ހޮވުމުގައި ޓޫރިޒަމް ދާއިރާގެ ފަންނީ، ޢިލްމީ އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ވާހަކަ ދަންނަވަމެވެ.

ޓޫރިޒަމް އެޑްވައިޒަރީ ބޯޑުގެ މެމްބަރަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ވަނަވަރު ހުށަހަޅާނީ       2022 ޖަނަވަރީ 10 ވާ  ހޯމަ ދުވަހުގެ 13:00 ން ފެށިގެން، 2022 ޖަނަވަރީ 17 ވާ ހޯމަ ދުވަހުގެ  14:00 އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލް އިދާރާގެ ([email protected]) އީމެއިލްއަށެވެ.

07 ޖުމާދުލްއާޚިރާ 1443

10 ޖެނުއަރީ 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2022/11

ޕަބްލިޝް ކުރި ތާރީޚް: 10-01-2022

ސުންގަޑި: 2022-01-17 14:00:00