އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހުޅުދޫ،މީދޫގައި ހިންގާ ޕޭސްޓްރީ ކޯހަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

14 އޯގަސްޓް 2017     6 years ago


އިޢުލާން

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫސިޓީގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން ހިންގަމުންގެންދާ ޕޭސްޓްރީ ކޯހުގެ ހުޅުދޫ،މީދޫ ގެ ބޭފުޅުންނަށް އެދެރަށުގައި ޕޭސްޓްރީ ކޯސްހިންގުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. އެގޮތުން ހުޅުދޫ،މީދޫ ގައި ހިންގާ މިކޯހަށް ކޮންމެ ރަށަކަށް 10 ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. ކޯހުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި -/500ރ ދައްކަވަން ވާނެއެވެ.

ފޯމް ދޫކުރުމާއި، ފޯމް ބަލައިގަންނާނީ ހުޅުދޫ ފޯމް ތައް ހުޅުދޫ އަވަށު އޮފީހުން، މީދޫ ފޯމްތައް މީދޫ އަވަށު އޮފީހުނެވެ. ފޯމް ދޫކުރާނީ 15 އޯގަސްޓް 2017 ވާއަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 22 އޯގަސްޓް 2017 ވާ  އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އައި.ޑީ.ކާޑުގެ ކޮޕީއަކާއިއެކު ފޯމް ހުށަހެޅުއްވުން އެދެމެވެ.

21 ޛުލްޤައިދާ 1438

13 އޯގަސްޓް 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)WDC(2)/2017/11

ޕަބްލިޝް ކުރި ތާރީޚް: 14-08-2017

ސުންގަޑި: 2017-08-22 14:00:00