އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - ސްޓޯރ ކީޕަރ, ވަގުތީ (ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން)

18 ޖެނުއަރީ 2022     2 years ago


ވަޒީފާގެ ފުރުސަތު

މަޤާމް

ސްޓޯރ ކީޕަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ނަންބަރު:

MS148

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2022)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫސިޓީ ކައުންސިލްގެ އިދާރާ / ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން

މުސާރަ:

4465.00 ރުފިޔާ

އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަސައްކަތަށް ހޯދޭ ތަކެތީގެ ސްޓޮކް  މެނޭޖްކޮށް ބެލެހެއްޓުމާއި ތަކެތި، ބޭނުންވާ މަސައްކަތްތަކަށް  ތަކެތި ދޫކުރުމާއި އެކަމާއި ބެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފައިލުކޮށް ބެލެހެއްޓުން.
  2. ހޯދޭ ތަކެތީގެ ޑެލިވަރީ ހަމަޖެއްސުމާއި އިންވޮއިސްތަކާއި ހޯދޭ ތަކެތި ދިމާވޭތޯ ޗެކްކުރުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރެޖިސްޓަރ ފޮތް ބެލެހެއްޓުން
  3. ވެހިކަލްތަކުގެ މަރާމާތަށް ބޭނުންވާ ސްޕެއަރ ގެ ތަފްސީލްތައް ހޯދާ ބެލެހެއްޓުމާއި ތަކެތި ހޯދުމަށް  ޕްރޮކިއުމަންޓަށް ފޮނުވަންޖެހޭ ލިޔެކިޔުން ތައްޔާރުކުރުމާއި ފްލޯއަޕް ހެދުމާއި ރެކޯޑްތައް ބެލެހެއްޓުން
  4. މުނިސިޕަލް މަސައްކަތްތަކާއި އިދާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކަށް ބޭނުންވާ މެޓީރިއަލްސްތަކާއި މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ރިކުއެސްޓް ފޮނުވުމާއި އެތަކެތި ސްޓޮކް ކޮށް ބެލެހެއްޓުމާއި އިންވެންޓްރީއަށް ލުމާއި އެތަކެތި މަސައްކަތަށް ދޫކުރުމާއެކު ސްޓޯރ ބެލެހެއްޓުމާއި ވޮރަންޓީ މުއްދަތުގެ ތެރޭގައި ހުންނަ އެސެޓް ބެލެހެއްޓުން.
  5. މިއިދާރާއަށް އެކި ފަރާތްތަކުން ލިބޭ މުދާ އޮންނަ އުސޫލުގެ ތެރެއިން ބެލެހެއްޓުން
  6. ހަރުމުދަލުގެ އިންވެންޓަރީ ބެލެހެއްޓުމާބެހޭ އެންމެހާ މަސައްކަތްކުރުން
  7. ކޮންމެ މަހަކު އިންވެންޓްރީ ސްޓޮކް ގެ ރިޕޯޓް ތައްޔާރުކުރުން
  8. ވެހިކަލްތަކަށާއި ހޯދޭ މުދަލާއި ތަކެއްޗަށް ލިބޭ ގެއްލުންތަކާއި އިންސިޑެންޓްތަކުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުން.
  9. އިކުވިމްމަންޓްސް އާއި ޓޫލްސް އަދި ވެހިކަލްތަކަށް ދިމާވާ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުމާއި ތަކެތީގެ ހާލަތު ބެލުވުމާއި ބޭނުންކުރާ ތަކެތި ހަލާކުވުމުގެ ކުރިން މަރާމާތު ކުރުވުމަށް ރިކުއެސްޓް ކުރުން.  
  10. ފިއުލްގެ ސްޓޮކް ބެލެއްޓުމާއި ފިއުލް ދޫކުރާގޮތުގެ ލޮގް މެއިންޓެއިންކުރުމާޢި ރިޕޯޓް ތައްޔާރުކުރުން
  11. ވެހިކަލްތައް ސަރވިސް ކުރުމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  12. ގުދަން ކޮށްގެން ނުބެލެހެއްޓޭ މުދާތަކުގެ ހާލަތު ބަލައި އެފަދަ ތަކެތި ބެލެހެއްޓުން
  13. ކޮންމެ އަހަރެއްގައިވެސް  އިދާރާއިން ކަނޑައަޅާފައިވާ އުސޫލުން  މަސައްކަތަށް ބޭނުންވާ ތަކެތީގެ ޕްރޮކިއުމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުން.
  14. ތަކެތި ލިބުނުކަމުގެ ރަސީދު ތައް ބެލެހެއްޓުމާއި އިންވޮއިސްތަކާއި އެހެނިހެން ލިޔެކިޔުންތައް ބަލައްހައްޓައި ފައިސާ ދޫކުރާ ހިސާބުން ހޯދި ތަކެއްޗާއި ގުޅޭގޮތުން ދިމާވާ މައްސަލަތައް ޖަވާބު ދެވޭނެގޮތަށް ލިޔެ ކިޔުން ބެލެހެއްޓުން

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

ދިވަހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވަހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

  ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމު 15%
  2. ތަޖުރިބާ %10
  3. އިންޓަވިއު %50
  4. ޕްރެކްޓިކަލް - %25

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ 35% (ތިރީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖަނަވަރީ 25 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ޖަނަވަރީ 26 އާއި 2022 ފެބުރުވަރީ 10 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

14 ޖުމާދަލްއާޚިރާ 1443

17  ޖަނަވަރީ  2022



ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2022/30

ޕަބްލިޝް ކުރި ތާރީޚް: 18-01-2022